ބީއެމްއެލް--

ބީއެމްއެލް އިން އަލަށް ކްރެޑިޓް ކާޑު ހައްދާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް

ހޯމަ 01 ނޮވެމްބަރ 2021 | ލަޒީނާ ޢަބްދުالله


Advertisement


ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކްރެޑިޓް ކާޑު އަލައް ހައްދާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު މި ފެށި ޕްރޮމޯޝަނުގެ ދަށުން ކާޑު ހައްދަން ޖޮއިނިން ފީ އާއި ފުރަތަމަ އަހަރުގެ އަހަރީ ފީ ދައްކާކަށް ނުޖެހޭނެ އެވެ. އަދި މި ޕްރޮމޯޝަނުގެ ދަށުން ކާޑު ހައްދާ ފުރަތަމަ 500 ކަސްޓަމަރުންގެ ތެރެއިން ކޮންމެ ފަރާތަކަށް ކޭޝް ބެކްގެ ގޮތުގައި 2،500ރ. ލިބޭނެ އެވެ.

އަންނަ މަހު 10 އާއި ހަމައަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް 5،000ރ. ގެ ބީއެމްއެލް ގިފްޓް ކާޑެއް ވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މުޅި ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށް ހޮވޭ ފަރާތަކަށް 100،000ރ. އާ ހަމައަށް ކްރެޑިޓް ކާޑަށް ދައްކަން ޖެހޭ ފައިސާ އުނިކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްގެ ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ކުރެޑިޓް ކާޑު ބޭނުންކުރާ ކޮންމެ ފަހަރަކު ރިވާޑް ޕޮއިންޓް ލިބޭ ޕްރޮމޯޝަނެއްވެސް މިދިޔަ މަހު ބީއެމްއެލްއިންވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގައި މުޢާމާލާތްކުރެވޭ މިންވަރުވެސްވަނީ އިތުރުކޮށްފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.