ހައިޝަމް މާޒިޔާއަށް ސޮއިކުރުމަށްފަހު: ފޮޓޯ-މާޒިޔާ

ސާފް ޗެމްޕިއަންޝިޕުން ވިދާލި ހައިޝަމް މާޒިޔާއަށް

ހޯމަ 22 ނޮވެމްބަރ 2021 | އައުޓްރީޗް

މާލޭގައި ކުޅުނު އުރޫދީ ސާފްޗެމްޕިއަންޝިޕްގައި ވިދާލި ޒުވާން ޑިފެންޑަރ ހައިޝަމް ހަސަން (ބިޑި) މާޒިޔާއަށް ސޮއިކޮށްފިއެވެ. މާޒިޔާއިން 22 އަހަރުގެ ހައިޝަމްގެ ސޮއި ހޯދީ ތިން އަހަރަށެވެ. ހައިޝަމް މާޒިޔާއާ ގުޅުނީ އޭނާ ކުޅެމުން އައި ކްލަބް އީގަލްސްއިންވެސް މަޑުކުރުވަން މަސައްކަތް ކުރަނިކޮށެވެ.

Advertisement


ހައިޝަމްއަށް އީގަލްސްގެ ޓީމުން ޖާގަދޭން ފެށީ ކޯޗު މޯހަންްއެވެ. މޯހަންއަކީ ކުރިއަށް އޮތް ސީޒަންގައި މާޒިޔާގެ ކޯޗެވެ. ހައިޝަމް ވަނީ ސާފްޗެމްޕިއަންޝިޕްގެ އިތުރުން ފޯނޭޝަންސްކަޕްގައިވެސް ޤައުމީ ޓީމްގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި އޭގެކުރިން 23 އަހަރުން ދަށުގެ ޓީމްގެ ކެޕްޓަނެއްގެ ގޮތުން ޓީމް ލީޑްކުރިއެވެ.

މާޒިޔާއިން ވަނީ ހައިޝަމްގެ އިތުރުން ޤައުމީ ޓީމްގެ ކެޕްޓަން އަކްރަމްގެ ސޮއިވެސް ހޯދާފައެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.