ލަނޑު ޖެހުމަށްފަހު ރޮނަލްޑޯ: ފޮޓޯ-ޗެމްޕިއަންސްލީގު

މެންޗެސްޓަރ ޔުނައިޓެޑް ދެވަނަ ބުރަށް، ތަފާތަކަށްވީ ރޮނަލްޑޯ

ބުދަ 24 ނޮވެމްބަރ 2021 | އައުޓްރީޗް

2-0 ން ވިޔަރެއާލް ބަލިކޮށް، ޗެމްޕިއަންސްލީގު ދެވަނަ ބުރުން މެންޗެސްޓަރ ޔުނައިޓެޑް ޖާގަ ހޯދައިފިެވެ. ކޯޗު ސޯލްޝެއާ ވަކިކޮށް، ވަގުތީ ކޯޗު ކެރިކްގެ އިރުޝާދުގެ ދަށުން ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވުމުގައި ރޮނަލްޑޯގެ ދައުރު ބޮޑެވެ.

Advertisement


މެޗުގައި މެންޗެސްޓަރ ޔުނައިޓެޑަށް ރޮނަލްޑޯ ލީޑް ހޯދައިދިނީ ވިޔަރެއާލްގެ ކީޕަރު ފަހަތުން ހެދި ގޯހެއްގައި ތަނަވަސްވި ފުރުޞަތަކުންނެވެ. 78 ވަނަ މިނިޓްގައި ޕެނަލްޓީ އޭރިޔާ ރޮނގުމަތީ ހުރެ ރޮނަލްޑޯ ބޯޅަ ގޯލަށް ފޮނުވާލީ ކީޕަރު ކުރީގައި ހުއްޓައެވެ. މެޗުގެ ފަހު މިނިޓްގައި ދެވަނަ ގޯލް ޖޯޑަން ސަންޗޯ ޖެހުމުގައިވެސް ރޮނަލްޑޯ މުހިއްމު ދައުރެއް އަދާކުރިއެވެ. އެބޯޅަ އެޓޭކަށް ބަދަލުކުރަން ފުރަތަނަ ފުރުޞަތު ފަހިކުރީވެް ރޮނަލްޑޯއެވެ. އެގޯލްގައި އޭގެފަހުންވެސް ރޮނަލްޑޯ ހިއްސާވިއެވެ. ރޭގެ މެޗުގައި ރޮނަލްޑޯ ޖެހި ގޯލަކީ މިސީޒަންގެ ޗެމްޕިއަންސްލީގުގައި ކުޅުނު ފަސް މެޗން ޖެހި 6 ވަނަ ގޯލެވެ.

މެޗުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވުމުގައި ކީޕަރު ޑޭވިޑް ޑެހެއާވެސް މުހިއްމު ދައުރެއް އަދާކުރިއެވެ. ފުރަތަމަ ހާފްގައި ވިޔަރެއާލްއިން ފޮނުވާލި ބާރު ދެ ބޯޅައެއް ޑެ ހެއާ މަތަކުރިއެވެ. ދެވަނަ ހާފްގައިވެސް އެފަދަ ބޯޅައެއް އޭނާ މަތަކުރިއެވެ. މިމޮޅާއެކު މެންޗެސްޓަރ ޔުނައިޓެޑް ދެވަނަ ބުރުން ޖާގަ ކަށަވަރުކުރީ 5 މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ބާކީ އަދި އެއް މެޗު އެބައޮތެވެ.

ރޭގެ މޮޅު ވަގުތީ ކޯޗު މައިކަލް ކެރިކް ހާއްސަކުރީ މަޤާމުން ވަކިކުރި ސޯލްޝެއާއަށެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.