ބާސާއާއި ބެންފީކާ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ބާސެލޯނާ

ބެންފީކާ އަތުން މޮޅުނުވުމުން ބާސާ އުނދަގޫ ހާލަތަކަށް

ބުދަ 24 ނޮވެމްބަރ 2021 | އައުޓްރީޗް

ޗެމްޕިއަންސްލީގުގައި ރޭ ބެންފީކާ އަތުން މޮޅުނުވުމުން ބާސެލޯނާއަށް އުނދަގޫ ހާލަތެއް ކުރިމަތިވެއްޖެއެވެ. ބެންފީކާއާ ބާސެލޯނާ ރޭ ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިއީ އާކޯޗު ޒަވީއާއެކު ބާސެލޯނާ ޗެމްޕިއަންސްލީގުގައި ކުޅުނު ފުރަތަަމަ މެޗެވެ.

Advertisement


މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުމަށް ބާސާއަށް ދެން އޮތީ ފަހު މެޗުގައި ބަޔާން މިއުނިކް ބަލިކުރުމެވެ. ނުވަތަ ޑައިނަމޯ ކިވް އަތުން ބެންފީކާ ބަލިވުމެވެ. އެއްވަގުތެއްގައި ކުޅޭ ދެ މެޗަށް ދާއިރު ބެންފީކާއާއި ބާސާއާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ފަރަޤެކެވެ.

ކުޅުނު ފަސް މެޗުންވެސް މޮޅުވެ، ބާކީ އެއް މެޗު އޮއްވާ ދެވަނަ ބުރު ޔަޤީންކުރީ ބަޔާން މިއުނިކެވެ. ރޭ ޑައިނަމޯ ކިވް އަތުން ބަޔާން މޮޅުވީ 2-1 ނެވެ. މެޗުގައި ބަޔާންގެ ފުރަތަމަ ލަނޑު ޖެހީ ލެވާންޑޯސްކީއެވެ. ދެވަނަ ގޯލް ފުރަތަމަ ހާފްެ ފަހު މިނިޓްގައި ޖެހީ ކޯމަންއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.