ފިނޭންސް މިނިސްޓަރ މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައިދެއްވަނީ. ފައިލް ފޮޓޯ:މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ބުދަ 24 ނޮވެމްބަރ 2021 | ހަމްޒާ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ 36.99 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Advertisement


ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފާސްކުރީ، ބަޖެޓް ދިރާސާކުރެއްވުމަށްފަހު އިތުރު 73.8 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކުރުމަށްފަހުއެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓް ފާސްކުރިއިރު 36.99 ބިލިއަން ރުފިޔާއަށް އިތުރުވެފައިވަނީ، ރަށްރަށުގެ ޕީ.އެސް.އައި.ޕީގެ މަޝްރޫޢުތަކަށާއި ބައެއް މުއައްސަސާތަކުގެ ބަޖެޓަށް 73.8 މިލިއަން ރުފިޔާ އިތުރުކުރުމަށް ބަޖެޓް ކޮމިޓީން ނިންމުމާއި ގުޅިގެންނެވެ. މިގޮތުން ބަޖެޓަށް އިތުރުކުރި ބައިތަކުގެ ތެރޭގައި ހިމެނެނީ، 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމްލަ 57.4 މިލިއަން ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ޚާއްސަ ބަޖެޓުގެ އިތުރުން މިނިވަން 7 މުއައްސަސާއެއްގެ ބަޖެޓަށް އިތުރުކުރި 16.4 މިލިއަން ރުފިޔާއެވެ.

ބަޖެޓަށް އިތުރުކުރި ބައިތައް

1- ރައްޔިތުންގެ މަޖިލިސް އިދާރާގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސްއަށް: 7 މިލިއަން ރުފިޔާ

2- ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޖިޓަލައިޒް ކުރުމަށް: 5 ލައްކަ ރުފިޔާ

3- ސިވިލް ސާރވިސް އެންހޭންސިން ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފް ސިވިލް ސާރވިސް ޕްރޮޖެކްޓަށް: 1.69 މިލިއަން ރުފިޔާ

4- ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން: 865،636 ރުފިޔާ

5- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީހަށް: 2.2 މިލިއަން ރުފިޔާ

6- އޭސީސީއަށް، އެމްއެމްޕީއާރްސީ މައްސަލައިގައި ތަހުގީގު ނިންމަން ބޭނުންވާ މުވައްޒަފުން ނެގުމަށް: 3.9 މިލިއަން ރުފިޔާ

7- އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް ލޯ ފާމެއް ހެދުން: 204،000 ރުފިޔާ

8- މިނިސްޓްރީ އޮފް ފިނޭންސުގެ ޚާއްސަ ބަޖެޓުން ސިޔާސީ ޕާޓީތަކަށް: 73،782ރ. ރުފިޔާ
ބަޖެޓް ދިރާސާކުރި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ފާސްކުރީ، 64 މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަކަމަށް ވޯޓް ދެއްވީ، 8 މެމްބަރުންނެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.