މެޗުގައި ތަފާތު ދެއްކީ ޖެސޫސް: ފޮޓޯ-ޗެމްޕިއަންސްލީގު

ޕީއެސްޖީ ބަލިކޮށް ގްރޫޕްގެ އެއްވަނަ ސިޓީއަށް

ބުރާސްފަތި 25 ނޮވެމްބަރ 2021 | އައުޓްރީޗް

ޕީއެސްޖީ ބަލިކޮށް، ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ޗެމްޕިއަންސްލީގުގެ ދެވަނަ ބުރުގެ ޖާގަ މެންޗެސްޓަރ ސިޓީ ކަށަވަރުކޮށްފިއެވެ. ސިޓީގެ ދަނޑުގައި ޕީއެސްޖީގެ މައްޗަށް ކުރި ހޯދީ 2-1 ނެވެ.

Advertisement


މެޗުގެ ފުރަތަމަ ހާފް ނިމުނީ ދެޓީމްކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މެޗުގައި ފުރަތަމަ ކުރި ހޯދީ ޕީއެސްޖީންނެވެ. 50 ވަނަ މިނިޓްގައި ޕީއެސްޖީއަށް ކުރި ހޯދައިދިނީ އެމްބާއްޕޭއެވެ. ސިޓީން އެއްވަރުކުރީ 63 ވަނަ މިނިޓްގައި ސްޓާލިންގއެވެ. ސްޓާލިންގއަށް ލަނޑުޖަހަން ފުރުޞަތު ފަހިކޮށްދިނުމަށްފަހު، 76 ވަނަ މިނިޓްގައި ސިޓީއަށް ކުރި ހޯދައިދިނީ ޖެސޫސްއެވެ. ސިޓީން މެޗު އަނބުރާލުމުގައި މުހިއްމު ދައުރެއް އަދާކުރީ 54 ވަނަ މިނިޓްގައި ޒިންޗެންކޯގެ ބަދަލުގައި ކުޅެން ނިކުއިން ބްރެޒިލްގެ ޖެސޫސްއެވެ. 

މެސީއާއި، ނޭމާއާއި އެމްބާއްޕޭގެ ފޯވާޑް ލައިން ހުއްޓުވާ ސިޓީން ވަނީ 12 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށްފައެވެ. މެޗުން ބަލިވިޔަސް ދެވަނަ ޓީމްގެ ގޮތުގައި ޕީއެސްޖީއަށް ދެވަނަ ބުރުގެ ފުރުޞަތު ލިބެއެވެ. ޕީއެސްޖީ އޮތީ 8 ޕޮއިންޓާއެކުއެވެ. 

ރެއާލްމެޑްރިޑް ވަނީ ރޭ 3-0 ން ޝެރިފް ބަލިކޮށް ދެވަނަ ބުރުގެ ޖާގަ ޔަޤީންކޮށްފައެވެ. މެޗުގައި ރެއާލްގެ ތިން ލަނޑު ޖެހީ އަލަބާއާއި، ކްރޫޒްއާއި، ބެންޒިމާއެވެ. ރެއާލް ގްރޫޕް އެއްވަނާގައި އޮތީ 12 ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތީ ރޭ ޝަހުތަރު ޑޮނެސްކް ބަލިކުރި އިންޓަރމިލާނެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.