އަގޯޑާއާއި މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމުގެ އެސޯސިއޭޓް ޕާޓްނަކަރަށްވުމަށް ސޮއިކުރުން

ބޯޑާ މައިލްސް ޕްރޮގްރާމުގެ އެސޯސިއޭޓް ޕާޓްނަރަކަށް އަގޯޑާ

ބުރާސްފަތި 25 ނޮވެމްބަރ 2021 | އުލާ

ދުނިޔޭގެ މަޝްހޫރު ބުކިންގް ޕްލެޓްފޯމް އަގޯޑާއާއި މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމުގެ އެސޯސިއޭޓް ޕާޓްނަކަރަށްވުމަށް ސޮއިކޮށްފިއެވެ.

Advertisement


މިކަމަށްޓަކައި އޮންލައިންކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު އަޙުމަދު ހުސައިނާއި ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ.ނައުޝާދު މުޙައްމަދުގެ އިތުރުން އަގޯޑާއި ކުންފުނީގެ ސީއީއޯ ޖޯން ބްރައިން ވަނީ ބައިވެރިވެޑައިގަންނަވާފައެވެ. އަދި މިރަސްމީއްޔާތުގައި އެމްއެމްޕީއާރްސީ އިންވެސް ވަނީ ބައިވެރިވެފައެވެ.

މި އެއްބަސްވުމާއިއެކު މި ޕްރޮގްރާމުގައި އަގޯޑާގެ ބުކިން ޕްލެޓްފޯމް މެދުވެރިކޮށް ބުކްކުރާ ފަރާތްތަކަށް، ބޯޑަރ މައިލް ޕްރޮގްރާމުގެ އެކްސްކްލޫސިވް ސޭވިންގް ޕޮއިންޓް ލިބޭނެއެވެ.  އަދި އަގޯޑާއިން މި ޕޮރޮގްރާމު އިތުރަށް ތަރައްޤީ ކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީ، އަގޯޑާގެ ނެޓްވޯކުގައި މި ޕްރޮގްރާމުގެ ޕާޓްނަރުން ޕްރޮމޯޓު ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު އަޙްމަދު ހުސެއިން ވިދާޅުވީ، މި ޕްރޮގްރާމަށް އުއްމީދު ނުކުރާހާ ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި މި ޕްރޮގްރާމުގައި ބައިވެރިވި ފަތުރުވެރިންގެ ޢަދަދު ބައިލައްއްކައަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މިއީ ފުރަތަމަ އަހަރު ތެރޭ ހާސިލުވާނެ ކަމަށް އުއްމީދު ކުރި އަދަދެއް ނޫންމަށް ހުސެއިން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އަގޯޑާގެ ފަރާތުން ކުންފުނީގެ ސީއޯއޯ ޖޯން ބްރައުން ވަނީ މި ޕްރޮގްރާމަކީ ވަރަށް ރަނގަޅަށް ކުރިއަށްދާނެ ޕްރޮގްރާމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ފާހަގަކުރައްވާފައެވެ. 

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ފަތުރުވެރިންނަށް އަމާޒުކުރާ ޑެސްޓިނޭޝަން ލޯޔަލްޓީ ޕްރޮގްރާމެކެވެ. 




ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.