ކ. ހުރާ

ކޮވިޑް19- މޮނިޓަރިންގައި 18 ރަށެއް

ބުރާސްފަތި 25 ނޮވެމްބަރ 2021 | އުލާ

ކޮވިޑް19 ކޭސްތައް ފެނުމާއި ގުޅިގެން 18 ރަށެއް މޮނިޓަރިންއަށް ލާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކޮށްފިއެވެ.

Advertisement


މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށަކީ:

- ސ. ހިތަދޫ

- ސ. މަރަދޫ

- ސ. މަރަދޫފޭދޫ

- ސ. ފޭދޫ

- ސ. ހުޅުމީދޫ

- ނ. ހޮޅުދޫ

- މ. މުލަށް

- މ. ދިއްގަރު

- ނ. މިލަދޫ

- މ. މުލި

- ތ. ތިމަރަފުށި 

- ރ. މަޑުއްވަރި

- ރ. މީދޫ

- ރ. އިންނަމާދޫ

- ގއ. ކަނދުހުޅުދޫ

- ގދ. ފަރެސްމާތޮޑާ

- ނ. ކުޑަފަރި

- ނ. ވެލިދޫ

ރާއްޖެއިން އިއްޔެ ޕޮޒިޓިވްވެފައިވާ 102 މީހުންގެ ތެރެއިން 81 މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވެފައިވާ މީހުންނެވެ. މާލެ ސަރަހައްދުން 14 މީހުން ޕޮޒިޓިވްވެފައިވާއިރު 7 މީހުންނަކީ ރިސޯޓުތަކުން ޕޮޒިޓިވްވެފައިވާ މީހުންނެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 91،046 އަށް ވަނީ އަރާފައެވެ. އަދި މި ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު ވަނީ 248 އަށް އަރާފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.