ބޮލުން އިސްތަށި ފޭބުން ހުއްޓުވުމަށް ތަރުކާރީގެ ބޭނުން ހިފިދާނެ--

އިސްތަށި ފޭބުން ހުއްޓުވުމަށް، ތަރުކާރީ ހެއާ ޕެކް

އަންގާރަ 07 ޑިސެމްބަރ 2021 | ލަޒީނާ ޢަބްދުالله

ކޮންމެ މީހަޚިވެސް ރީތި އިސްތަށިގަނޑެއް ބޭނުންވާނެ މީހެކެވެ. އިސްތަށިގަނޑު ރީތިކޮށް ބޭއްވުމަށް ގިނަ މަސައްކަތްތަކެއް އެންމެން ކުރެއެވެ. ނަމަވެސް ގިނަ މީހުންނަށް އެ މީހުން ބޭނުންވާފަދަ ރީތި އިސްތަށިގަނޑެއް ހޯދުމަކީ އުނދަގޫ ކަމެކެވެ. ހާއްސަކޮށް ބޮލުން އިސްތަށި ފޭބުމަކީ ގިނަ ބަޔަކު ކަންބޮޑުވާކަމެކެވެ. އެނގޭ ހެއްޔެވެ؟ ބޮލުން އިސްތަށި ފޭބުން ހުއްޓުވުމަށްޓަކައި ތަރުކާރީގެ ބޭނުންކުރެވިދާނެއެވެ. ކެއުމުގެ އިތުރުން، އިސްތަށިގަނޑުގައި އުނގުޅުމަށް ތަރުކާރީ ޕެކްތައް ހެދިދާނެއެވެ. ތިރީގައި މިވަނީ ދަ ހެލްތު ސައިޓްގައި ހާމަކޮށްފައިވާ ބައެއް ތަރުކާރީ ޕެކްތަކެވެ.

Advertisement


ފިޔާ

ފިޔަލަކީ ސަލްފާއިން މުއްސަނދުވެފައިވާ އެއްޗަކަށްވާއިރު، ފިޔާ ބޭނުންކުރުމުން ބޮލުން އިސްތަށިފޭބުން މަދުކުރެވިދާނެއެވެ. ފިޔާ ޕެކް ހެދުމަށްޓަކައި ފިޔަލެއްގެ ޖޫހާއި މާމުތް އެއްކޮށްލާށެވެ. އެއަށްފަހު އިސްތަށިގަނޑުގައި ރަނގަޅަށް އުނގުޅާލާށެވެ. ދެން 45 މިނިޓްވުމުން އިސްތަށިގަނޑު ދޮވެލާށެވެ.

އަލުވި

އަލުވީގައި އެކުލެވިގެންވާ ޕްރޮޓީންގެ ސަބަބުން، އިސްތަށިގަނޑު ވަރުގަނދަކޮށްދެއެވެ. އިސްތަށި ވަރުގަނދަކުރުމަށް އަލުވި ޕެކް ހެދުމަށްޓަކައި އެންމެ ފުރަތަމަ ދެތިން އަލުވި މިކްސަރުން އޮމްންވަންދެން ގިރާލާށެވެ. އެއަށްފަހު މާމުތް ސަމުސަލެއް ނުވަތަ ބިހެއް އެއްކޮށްލާށެވެ. ބޮލުގައި އުނގުޅުމަށްފަހު 30 މިނޓްވުމުން، ބޯ ރަނގަޅަށް ދޮވެލާށެވެ.

ކެރޮޓް

ކެރޮޓްގައި އެކުލެވިގެންވާ ވިޓަމިން އޭގެ ސަބަބުން، އިސްތަށި ފޭބުން ހުއްޓުވައިދެއެވެ. ކެރޮޓް ޕެކެއް ތައްޔާރުކޮށްލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ކެރޮޓް މިކްސަރުން ހިމުން ކޮށްލުމަށްފަހު ބޮލުގައި އުނގުޅާށެވެ. އެއަށްފަހު 30 މިނިޓްވުމުން ބޯ ދޮވެލާށެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.