އަނިޔާކޮށްފައިވާ ސިފައިންގެ މީހާ

ސިފައިންގެ މީހާއަށް އަނިޔާ ކުރި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

އަންގާރަ 07 ޑިސެމްބަރ 2021 | އުލާ

މާލޭގައި ސިފައިންގެ މީހަކަށް އަނިޔާ ކުރި މައްސަލައާ ގުޅިގެން ތިން މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

Advertisement


އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓުގެ މަގާމުގައި ހުރި ހަސަން ފަހީމަށް އަނިޔާ ކުރި މައްސަލައާ ގުޅިގެން މިއަދު ފުލުހުން ދިވެހި ތިން ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މީހުން ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. 

ފުލުހުން ބުނީ ހައްޔަރު ކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެކެވެ.

މިމައްސަލައާ ގުޅިގެން މީގެ ކުރިން ވިލިމާލޭގެ ގެސްޓްހައުސްއެއް ވެސް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.

މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.