އެމިލީ އިން ޕެރިސްގެ ސްކްރީންޝޮޓެއް

ނެޓްފްލިކްސްގައި ބޮޑު މަގްބޫލުކަމެއް ހޯދަމުން އަންނަ 'އެމިލީ އިން ޕެރިސް' އިތުރު 2 ސީޒަނަކަށް އައުކޮށްފި

ބުދަ 12 ޖެނުއަރީ 2022 | ތާތު

ނެޓްފިލްކްސްގައި ގިނަ ބައެއްގެ މަގްބޫލުކަމެއް ހޯދަމުން އަންނަ ލޯބީގެ ސީރީޒް 'އެމިލީ އިން ޕެރިސް' އިތުރު 2 ސީޒަނަކަށް އިތުރުކޮށްފިއެވެ.

Advertisement


'އެމިލީ އިން ޕެރިސް' އަކީ ދިވެހިންގެ މެދުގައިވެސް މަގްބޫލު ޝޯއެކެވެ. އެގޮތުން ޝޯގެ 2 ވަނަ ސީޒަން އަދިވެސް ރާއްޖޭގެ ނެޓްފްލިކްސް ގަދަ 10ގެ ލިސްޓްގައިވަނީ ހިމެނިފައެވެ.

ލިލީ ކޮލިންސް ލީޑް ރޯލުން ފެނިގެންދާ މިސީރީޒަކީ، އެމެރިކާއަށް ނިސްބަތްވާ މާކެޓިންގ-މެނޭޖަރެއްގެ ދިރިއުޅުން ފަރަންސޭސިވިލާތުގެ ޕެރިހަށް ބަދަލުކުރުމަށްފަހު، އޭނާގެ ހަޔާތަށް އަންނަ ބަދަލުތަކެއްގެ ވާހަކަ ދައްކުވައިދޭ ސީރީޒެކެވެ.

ސީރީޒްގެ 3ވަނަ އަދި 4 ސީޒަން ކުޅުމަށް ހަމަޖެހިފައިވަނީ ފަރަންސޭސިވިލާތުގެ އެކި ހިސާބުތަކުގެ އިތުރުން ލަންޑަންގައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.