
ސުޕަރކަޕް ތަށްޓާއެކު ރެއާލްގެ ކުޅުންތެރިން: ފޮޓޯ-ރެއާލް މެޑްރިޑް
ރެއާލްއިން ސުޕަރކަޕް ކާމިޔާބުކޮށްފި
ހޯމަ 17 ޖެނުއަރީ 2022
| އައުޓްރީޗް
އެތްލެޓިކް ބިލްބާއޯ ބަލިކޮށް، ސެޕްނިޝް ސުޕަރ ކަޕް ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ. ސައޫދީ އަރަބިޔާގައި ކުޅުނު ފައިނަލް މެޗު ރެއާލް މެޑްރިޑް ކާމިޔާބުކުރީ 2-0 ނެވެ.
Advertisement

ފުރަތަމަ ހާފްގައި ރެއާލް މެޑްރިޑަށް ކުރި ހޯދައިދިނީ ލޫކަ މޮޑްރިޗްއެވެ. ދެވަނަ ހާފްގައި ދެވަނަ ލަނޑު ޖެހީ ބެންޒިމާއެވެ. ބެންޒިމާ ލަނޑު ޖެހީ ވީއޭއާރުން ބެލުމަށްފަހު އެތްލެޓިކް ބިލްބާއޯ ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމާ ދިން ޕެނަލްޓީއަކުންނެވެ. މެޗުގައި ބިލްބާއޯއަށްވެސް ޕެނަލްޓީއެއް ލިބުނެވެ. އެޑާ މިލިޓާއޯ އަތުންޖަހާ ބޯޅަ ހުއްޓުވުމުން، އޭނާއަށް ސީދާ ރަތްކާޑެއް ދެއްކުމަށްފަހު ދިން ޕެނަލްޓީ ކޯޓުއާ ދިފާއުކުރިއެވެ.
މިއީ މިމުބާރާތް ރެއާލް މެޑްރިޑް ކާމިޔާބުކުރި 12 ވަނަ ފަހަރެވެ.