
ލިވަޕޫލް ދޭކަށް
ބްރެންޓްފޯޑް ބަލިކޮށް، އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ދެވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ. ޗެލްސީ ފަހަތަށް ޖައްސާލުމަށްފަހު ލިވަޕޫލް ދެވަނަށް ޖެހިލީ ދެ ޕޮއިންޓްގެ ލީޑަކާއެކުއެވެ. އެއީ 21 މެޗުން 45 ޕޮއިންޓާއެކުއެވެ. ޗެލްސީ ތިންވަނާގައި އޮތީ 22 މެޗުން 43 ޕޮއިންޓާއެކުއެވެ. ލިވަޕޫލްގެ މިމޮޅާއެކު އެއްވަނާގައި އޮތް ސިޓީގެ ލީޑް ވަނީ 11 ޕޮއިންޓަށް ކުޑަވެފައެވެ. އެލީޑް 8 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުޞަތު ލިވަޕޫލަށް އެބައޮތެވެ. އެއީ ލިވަޕޫލް އަތުގައި މެޗެއް އިތުރަށް އޮތުމުންނެވެ.

ސަލާއާއި، މާނޭ ނުލައި ކުޅުނު މެޗުގައި ލިވަޕޫލްގެ ތިން ލަނޑު ޖެހީ ފަބީނިއޯ، ޗެމްބަރލައިން، އަދި މިނަމީނޯއެވެ. މިނަމީނޯ ކުޅެން ނިކުތީ ޗެމްބަލައިންގެ ބަދަލުގައެވެ.
ބްރެންޓްފޯޑް އޮތީ ރެލިގޭޝަން ޒޯނަށްވުރެ 10 ޕޮއިންޓް ދުރުގައެވެ. އެޓީމުން މަސައްކަތް ކުރަނީ 74 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ލީގުގައި ދެމި އޮތުމަށެވެ.