ހަކުރު ހުރި މިންވަރު ބެލުމަށް ޓެސްޓް ކުރުން ---

ހަކުރުގެ ސަބަބުން އަވަހަށް މުސްކުޅިވާ ކަން އެނގޭތަ؟

ހޯމަ 28 މާޗް 2022 | އަޒުލާ

ބްލަޑް ޝުގާ ނުވަތަ ލޭގައި ހަކުރު ހިމެނޭ މިންވަރު އާނމުކޮށް އަޑު އިވެނީ ޑޮކްޓަރަށް ދައްކާ އިރުއެވެ. އެހިސާބުން އެއީ އެވާހަކަ ނިމުނީ ކަމަށް ވެދާނެއެވެ.

Advertisement


ނަމަވެސް ކަންކަން މިހާރު މިދަނީ ބަދަލުވަމުންނެވެ. ފަހުގެ ދިރާސާ އަކުން ދައްކާ ގޮތުގައި އަހަރެމެން އެންމެންވެސް ހަށިގަނޑުގައި ހަކުރު ނުވަތަ ގްލުކޯސް ހުންނަ ވަރަށް ސަމާލު ވާންޖެހެއެވެ؛ ޑައިބެޓިކްސް ނުހުންނަ މީހުންގެ ތެރެއިން 80% މީހުން ކެއުމަށް ފަހު މާ ބޮޑަށް ގްލުކޯސް ލެވެލް މައްޗަށް(ގްލުކޯޒް ސްޕައިކް) ދާކަމުގައި މި ދިރާސާއިން ދައްކައެވެ.

މިގޮތައް ހަކުރުގެ ލެވެލް މަތިވުމުގެ ނަތީޖާ އަކީ ކޮބާ ތޯއެވެ؟ މީގެ ސަބަބުން ކުރިމަތި ވާ ކަންތައްތަކެއް ޗެއިން ރިއެކްޝަން އަކަށް ވެގެންދެއެވެ. ދުޅަވުމާއި، ގައިގައި ރިއްސުމާއި، މޫނުގައި ރޫޖެހުމާއި، ބިހިނެގުމާއި، އެއްޗެހި ކާހިއްވުމާއި، ވަރުދެރަވުމާއި، ފަލަވުމާއި، ރަނގަޅަށް ނުނިދުމާއި، އަވަސް އަވަހަށް ރުޅިއައިސް، ދެރަވެ، އުފާވުމާއިވުން ހިމެނެއެވެ. އެހެން ކަމުން މި ކަންކަމަށް ބޮޑައްބަލާލަން ހިނގާށެވެ.

ގްލުކޯޒް މައްޗަށް ދިއުމުން ގިނައިން ކާހިއްވަނީ ކީއްވެ؟

ގްލުކޯޒް މާބޮޑަށް މައްޗަށް ދިއުމަށްފަހު ލެވެލް ތިރިވާއިރު ސިކުނޑިއަށް މިކަން ދެނެގަނެ ކާހިއްވާބައި ސިކުނޑީގައި އެކްޓިވޭޓްވެއެވެ. މިކަމުގެ ނަތީޖާ އަކީ ފޮނި އެއްޗެހި ކާހިއްވުމެވެ.

ގްލުކޯޒް ސްޕައިކް އިން މޫނުގައި ރޫޖެހުމާއި މުސްކުޅި ވުމައްމަގުފަހިވަނީ ކިހިނެއް؟

ގްލޮކޯޒް ސްޕައިކް އިތުރުވާ ވަރަކަށް މުސްކުޅިވުން ވެސް އަވަސްވެއެވެ. ގަބޫލުކުރަން ދަތި ވިނަމަވެސް މިއީ ހަގީގަތެކެވެ. ކޮންމެ ގްލުކޯޒް ސްޕައިކް އަކުން ހަށިގަނޑުގައި ގްލައިކޭޝަން ކިޔާ ޕްރޮސެސް އެއް އަވަސްކޮއްދެއެވެ. މި ޕްރޮސެސް އަކީ ހަށިގަނޑުގެ އެތެރެއިންނާއި ބޭރުފުށުން މުސްކުޅިކުރުވާ ޕްރޮސެސްއެކެވެ. ގްލައިކޭޝަން ގެ ސަބަބުން ހަންގަނޑުގައި ރޫޖެހެއެވެ.

ގްލުކޯޒް ސްޕައިކްގެ ސަބަބުން ބަރުދަން އިތުރުވެ ފަލަވަނީ ކިހިނެއް؟

އަޅުގަނޑުމެންގެ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ތެރެއިން ހަށިގަނޑުގައި ގްލުކޯޒް މަތިވުމުން ދައްކުރުވަނީ ގްލުކޯޒްތައް ފެޓްސެލް ތަކުގައި ރައްކާކޮއްގެނެވެ. މީގެ ސަބަބުން ފެޓްސެލް ތައް ބޮޑުވެ ހަށިގަނޑު ފަލަވާ ގޮތް ވެއެވެ. ގްލުކޯސް ސްޕައިކް މަދުވުމުން ފަލަވާ ވަރުމަދުވެ ހިކުމަށް ފުރުސަތު ތަނަވަސްވެއެވެ.

ގްލިކޯޒް ސްޕައިކުން ދުރުވާނީ ކިހިނެއް؟

ގްލުކޯޒް ސްޕައިކް ދުރުވުމަށް ކެލޮރީސް އަށް ސަމާލު ވާކަށް ނުޖެހެއެވެ. ހެނދުނުގެ ނާސްތާގައި ފޮނިއެއްޗެހި ކެއުމުން ދުރުވުމާއި، ކޮންމެ ކެއުމެއްގައި ތަރުކާރީ ހިމެނުމާއި، ސައިސަނބުސަލެއްގެ ވިނިގަރ ފެންތައްޓަކަށް ގިރާލުމަށް ފަހު ފޮނިއެއްޗެހި ކެއުމުގެ ކުރިން ބުއިމާއި، ކެއުމަށް ފަހު 10 މިނެޓް ވަންދެން ކުޑަކަސްރަތެއްކުރުމާއި، އަދި ތަރުތީބުން ކާނާ ކެއުމާއި ފޮނިއެއްޗެހި ކާހިއްވާ ކޮންމެ ފަހަރަކު ފޮނި އެއްޗެހި ނުކެއިމަކީ ކުރެވިދާނެ ބައެއްކަންކަމެވެ.  



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.