
ވިލް ސްމިތް އޮސްކާއިން 10 އަހަރަށް ބޭރުކޮށްފި

ވިލް ސްމިތް އޮސްކާއިން 10 އަހަރަށް ބޭރުކޮއްފިއެވެ. ޑިސްނީ އަލާދިންގެ ޖީނީގެބައި ކުޅެފައިވާ ވިލް ސްމިތް ބުނެފައިވަނީ އޮސްކާގެ މިނިންމުން ގަބޫލުކުރާކަމަށެވެ.
ވިލް ސްމިތް އޮސާ އެވޯޑްގައި މީހެއްގެ މޫނުގައި ޖެހިވާހަކަ އެއީ މަޝްހޫރުވާހަކައެކެވެ. އޮސްކާއޭ ބުނުމުން އަޅުގަނޑުމެނަށް ހަނދާންވަނީ މިހާދިސާއެވެ.
ވިލް ސްމިތް 10 އަހަރަށް އޮސްކާއިން ބޭރުކޮށްފައިވާކަން އެވޯޑްދޭ އެކެޑެމީއިން އިއުލާންކޮއްފައި ވަނީ އޮސްކާ އެވޯގެ ސްޓޭޖްގައި ވިލް ސްމިތް ކްރިސް ރޮކްގެ މޫނުގައި ޖެހިތާ 2 ހަފްތާއާ ގާތްވެފައިވަނިކޮށެވެ.
އެކަޑެމީ އޮފް މޯށަން ޕިކްޗަރ އާރޓްސް އެންޑް ސައިންސް އިން ހުކުރު ދުވަހު ބުނެފައިވަނީ އެކަޑެމީގެ ބޯރޑު މެންބަރުންނާއި ވާހަކަ ދެއްކުމަށްފަހު އެކަޑެމީއިން ބާއްވާ އެއްވެސް އިވެންޓެއްގައި މިމުއްދަތުގެ ތެރޭގައި ވިލް ސްމިތްއަށް ބައިވެރި ނުވެވޭނެ ކަމަށް ނިންމާފައިވާ ކަމަށެވެ.
94 ވަނަ އޮސްކާ އެވޯޑަކީ ގިނަ ތަރިންތަކެއްގެ މަސައްކަތުގެ އަގު ވަޒަންކޮށް އެކަން ސެލެބްރޭޓް ކުރުމަށް ލިބުނު ފުރުސަތެއް ނަމަވެސް ވިލް ސްމިތްގެ މި ބަލައި ނުގަނެވޭފަދަ އަމަލުގެ ސަބަބުން އޮސްކާ އެވޯޑްގައި ބެލުންތެރިންގެ ސަމާލުކަން ލިބުނީ އެހާދިސާއަށް ކަމަށް އެ އެކަޑެމީއިން ބުނެފައިވެއެވެ.
މާރޗް 27 ވަނަރޭ އޮސްކާ ސްޓޭޖްގައި ސްމިތް ރޮކްގެ މޫނުގައި ޖަހާފައިނީ ސްމިތްގެ އަންހެނުންގެ ބޮލާމެދު ސަމާސާކުރުމުންނެވެ. ޕިންކެޓް ސްމިތްވަނީ ޖެނެޓިކް ބައްޔެއްގެ ސަބަބުން ބޮލުން އިސްތަށިފައިބާތީ ބޯ ބާލާފައެވެ. އަދި މިކަން ސީޝަލް މީޑިއާ ގައިވެސް ހިއްސާ ކޮއްފައިވެއެވެ.
އެކަޑެމީއިން ވަނީ ރޮކްގެ ކިބައިން މާފަށްއެދި އެވަގުތު ރޮކް ސްޓޭޖްގައި ވާހަކަ ދެއްކުން ކުރިއަށް ގެންދިއުމުން އެކަމާ ޝުކުވެރިވެ ރޮކްއަށް ތައުރީފުކޮއްފައެވެ.