މަސްބާނަނީ. ފޮޓޯ: ސޯޝަލް މީޑިއާ

މިފްކޯއިން ކޮންޓްރޯލެއްނެތި މަސް ގަންނަން ފަށައިފި

އާދީއްތަ 01 މެއި 2022 | ހަމްޒާ

މިފްކޯއިން އިއްޔެއިން ފެށިގެން ކޮންޓްރޯލެއްނެތި މަސް ގަންނަން ފަށައިފިއެވެ.

Advertisement


މިފްކޯއިން ބުނީ، ދެކުނުގެ މަސްވެރިކަން މާރޗް މެދުތެރެއިން ފެށިގެން އާދަޔާއި ޚިލާފަށް ރަގަޅުވެ އެއްފަހަރާ ގިނަ ދޯނިފަހަރުތަކެއް ސެންޓަރުތަކާއި، ބޯޓުފަހަރަށް މަސްކިރުވުމަށް ގޮސްފައިވާތީ މިފްކޯގެ ފްރީޒިންގ ކެޕޭސިޓީ އަށްވުރެ އިތުރަށް މަސް ލިބެމުން ގޮސްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން މަސްވެރިން ބާނާމަސް، ގިނަ ދޯނިފަހަރަށް ކިރުވޭނެ ގޮތް ހަމަޖައްސައި ދިނުމަށްޓަކައި މިމަހުގެ 6 އިން ފެށިގެން މަސްކިރުން ކޮންޓްޜޯލް ކޮށްފައިވާ ކަަމށެވެ. ނަމަވެސް އިއްޔެއިން ފެށިގެން ކޮންޓްރޯލް ކުރުމެއްނެތި މަސްކިރުމުގެ މަސައްކަތް ކުރިޔަށް ގެންދަން ފަށާފައިވާ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

މި މަހުގެ 17 އިން ފެށިގެން މިފްކޯއިން ވަނީ، މަސްބާނާ މިންވަރު އެއްވަރެއްގައި ހުރުމާއެކު، ކެޕޭސިޓީއާއި އެއްވަރަށް މެނޭޖްކޮށްގެން ކުރިޔަށް ގެންދިޔުމަށް ދޯންޏަކުން 7 ޓަނުގެ މަސް ކިރާ ގޮތަށް ނިންމާފައެވެ. އެހެންނަމަވެސް މިހާރު މަސްވެރިކަން ރަގަޅުވެ، މަސްބާނާ މިންވަރު އިތުރުވުމާއެކު މިވަނީ ކޮންޓްރޯލެއްނެތި މަސްގަންނަން ފަށާފައެވެ.

މިފްކޯއިން ބުނީ، އެކުންފުނިން މަސައްކަތްކުރަމުން ގެންދަނީ މަސްވެރިންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި، އަވަސް ޚިދުމަތް ފޯރުކޮށްދީ، މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ އެކުންފުނިން ދޭ ޚިދުމަތަކީ މަސްވެރިންނަށް ފަސޭހަ ޚިދުމަތަކަށް ހެދުމަށް ކަަމަށެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.