ރާއްޖޭގައި ހިންގާ ގެސްޓްހައުސްއެއް. ފޮޓޯ: މޫދު ޑޮޓް ކޮމް

އީޔޫގެ ހިލޭ އެހީގެ ދަށުން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް 9.8 މިލިއަން ރުފިޔާ ދޫކޮށްފި

ހޯމަ 09 މެއި 2022 | ހަމްޒާ

ކޯވިޑާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އެހީވުމަށް ޔޫރަޕިއަން ޔޫނިއަންއިން ދިން ހިލޭ އެހީގެ ދަށުން މިހާތަނަށް 9.8 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

Advertisement


ވިޔަފާރިތަކަށް މި އެހީ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނީ، 9.8 މިލިއަން ރުފިޔާގެ އެހީ ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 259 ވިޔަފާރިއަކަށް ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، 209 ގެސްޓްހައުސްއާއި، 50 ސަފާރީއެއްް ކަމަށް އެކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

ކޮވިޑާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ގެއްލުމުން އަރައިގަތުމަށް މިސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން އީޔޫއިން ވަނީ 2 މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ. އީޔޫއިން ހަދިޔާކުރި މިއެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ، މިމަހުގެ 31 ގެ ނިޔަލަށް މިފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ގެސްޓްހައުސް އަދި ސަފާރީތައް ހިންގާ ފަރާތްތަކުގެ ތެރެއިން ޞައްހަ އޮޕަރޭޓިންގ ލައިސެންސެއް އޮންނަ 40 އެނދަށްވުރެ މަދުން އޮޕަރޭޓްކުރާ ފަރާތްތަކަށް މިއެހީއަށް އެދި ހުށަހެޅޭނެ ކަމަށްވެސް އިކޮނޮމިކް މިިނިސްޓްރީން ބުނެއެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.