ދީމާ ފައިނަލްގައި ބަލިވީ ރޭންކިންގައި މާކުރީގައި އޮތް ކުޅުންތެރިއެއް އަތުން: ފޮޓޯ-ޓީޓީ އެސޯސިއޭޞަން

ދީމާއަށް ރިހި މެޑަލް، ފައިނަލްގައި ރަނގަޅު ވާދައެއް ކުރި!

ބުދަ 11 މެއި 2022 | އައުޓްރީޗް

ސައުތް އޭޝިޔަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ކެޑޭޓް ކެޓަގަރީން ރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ ރިހި މެޑަލް ހޯދައިފިއެވެ. މުބާރާތުގެ ފައިނަލްގައި ދީމާ ބަލިވީ އިންޑިޔާގެ ޖެނީފާއާ ވާދަކޮށް 3-2 ސެޓުންނެވެ.

Advertisement


މެޗުގެ ސެޓްތައް ޖެނީފާ ގެންދިޔައީ 13-11، 4-11، 11-5، 11-6 ނެވެ. މެޗުގެ ފުރަތަމަ ސެޓް ޖެނީފާ ގެންދިޔައީ ދީމާ ލީޑްގައި އޮވެ ކުޅެމުންދަނިކޮށް ފަހުވަގުތުއެވެ. ވާދަވެރިވި ހަތަރު ވަނަ ސެޓްގައި ދީމާ ވަނީ 9-5 ގެ ލީޑެއް ފަހަތަށް ޖައްސާލުމަށްފަހު ކުރި ހޯދާފައެވެ. މިކެޓަގަރީގެ ފައިނަލަށް ދީމާ ދަތުރުކުރީ އިންޑިޔާގެ ސީދާ ތިން ސެޓުން އިންޑިޔާގެ ސަންދިކާ ބަލިކޮށްފައެވެ.

މުބާރާތުގައި ދީމާ ހޯދި ރިހި މެޑަލްގެ އިތުރުން ރާއްޖެއަށް ލިބުނީ އަންހެން ޓީމް އިވެންޓުން ދެ ކެޓަގަރީންވެސް ލޯ މެޑަލްއާއި، ޑަބަލްސްގައި ދެ ކެޓަގަރީން ލޯ މެޑަލްއެވެ. 

މިމަހުގެ 9-11 އަށް މުބާރާތް ކުރިއަށްގެންދިޔައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލްގައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.