
ސެންޓޭ އެނބުރި އަތުވެއްޖެ، ވެލެންސިޔާ މޮޅުވެއްޖެ!
އަނިޔާއަށްފަހު އަލީ ފާސިރު (ސެންޓޭ) އެނބުރި އައި މެޗުގައި، އޭނާގެ ގޯލަކާއެކު ވެލެންސިޔާ މޮޅުވެއްޖެއެވެ. ލީގުގައި މިއަދު މެޗުގެ ކުރިން ކުޅުން ހަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވި ވެލެންސިޔާ މޮޅެއް ހޯދީ ފުލުގައި ދަ ގްރާންޑޭ އަތުންނެވެ. ވެލެންސިޔާ މެޗު ކާމިޔާބުކުރީ 4-1 ނެވެ.

ފުރަތަމަ ހާފްގައި ވެލެންސިޔާއަށް ކުރި ހޯދައިދިނީ އަބުދުالله ޔާމީން (ޔާނު) އެވެ. އެކަމަކު ހާފް ނިމުމުގެ ކުރިން ކީޕަރު ފައިސަލް އަތުން ބައިކޮޅަށް ވަން ގޯލުން މެޗުގެ ނަތީޖާ ހަމަހަމަވިއެވެ. ދެވަނަ ހާފް ފަށައިގެން ވެލެންސިޔާއަށް ދެވަނަފަހަރަށް ކުރި ހޯދައިދިނީ ބޯހާސްއެވެ. ފަރަޤު ބޮޑުކޮށްދިނީވެސް މެޗުގެ މޮޅު ކުޅުންތެރިޔާ ބޯހާސްއެވެ. ވެލެންސިޔާގެ ފަހު ލަނޑު ޖެހީ އަނިޔާއަށްފަހު އެނބުރި އައި ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ. 90 ވަނަ މިނިޓްގައި ކުޅެން ނިކުމެ ސެންޓޭ ލަނޑު ޖެހީ އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓްގައެވެ.
މިމޮޅާއެކު ވެލެންސިޔާވަނީ ތާވަލްގެ ހަތަރުވަނައަށް ޖެހިލާފައެވެ، އެއީ 16 ޕޮއިންޓާއެކުއެވެ. ވެލެންސިޔާއަށްވުރެ ކުރީގައި އޮތީ 17 ޕޮއިންޓާއެކު ޓީސީއެވެ. އެއްވަނާގައި އޮތީ މާޒިޔާއެވެ. އަދި ދެވަނާގައި އޮތީ އީގަލްސްއެވެ.