ޔޫވީގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ހައިސަމް: ފޮޓޯ-އެފްއޭއެމް

ޔޫވީން އީގަލްސް ބަލިކޮށްފި

ބުދަ 11 މެއި 2022 | އައުޓްރީޗް

ރަނގަޅު ފޯމެއްގައި އޮތް އީގަލްސްގެ މައްޗަށް ޔުނައިޓެޑް ވިކްޓްރީން ކުރި ހޯދައިފިއެވެ. ދިވެހި ޕްރިމިއަރ ލީގު ބްރޭކަށް ދިއުމުގެ ކުރިން ކުޅުނު ފަހު މެޗުގައި މިރޭ އީގަލްސްގެ މައްޗަށް ޔުނައިޓެޑް ވިކްޓްރީން ކުރިހޯދީ 2-0 ނެވެ.

Advertisement


ލަނޑެއް ނުޖެހި ނިމުނު ފުރަތަަމަ ހާފަށްފަހު ޔޫވީއަށް ފުރަތަމަ ލަނޑު ޖަހައިދިނީ އަލީ ހައިސަމްއެވެ. އީގަލްސްއިން ތަނަވަސްކުރި ފުރުޞަތުތައް ބޭނުންނުކުރެވުމުގެ ނަތީޖާއަކީ މެޗުގެ ފަހު މިނިޓްގައި ގޯލްއޭރިޔާ ތެރެއިން ލިބުނު ބޯޅަ އެއްފަހަރުން ޖަހާ ގޯލްގެ ތެރެއަށް ފޮނުވާލައިގެން އިވާން ޔޫވީގެ ދެވަނަ ލަނޑު ކާމިޔާބުކުރުމެވެ.

މިމޮޅާއެކު ޔުނައިޓެޑް ވިކްޓްރީން ވަނި 12 މެޗުން 17 ޕޮއިންޓް ހަމަކޮށްފައެވެ. ޓީސީވެސް އޮތީ 17 ޕޮއިންޓާއެކުއެވެ. މިދެޓީމަށްވުރެ ކުރީގައި އޮތީ މާޒިޔާއާއި އީގަލްސްއެވެ. ލީގުގެ ކުޅުން ދެން އޮންނާނީ އަންނަ ޖޫންމަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު ހަވީރު ވާދަކުރާނީ ޔުނައިޓެޑް ވިކްޓްރީއާއި ދަ ގްރާންޑޭއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.