ސިޓީގެ ފުރަތަަ ހަތަރު ލަނޑުވެސް ޖެހީ ޑި ބުރައިނާ: ފޮޓޯ-ޕްރިމިއަރ ލީގު

ޑި ބުރައިނާގެ ރެއެއް، ސިޓީން ލީގު ތައްޓާ ފިޔަވަޅަކަށް ގާތަށް!

ބުރާސްފަތި 12 މެއި 2022 | އައުޓްރީޗް

ވުލްވްސް ބަލިކޮށް، މެންޗެސްޓަރ ސިޓީން އިނގިރޭސި ޕްރިމިއަރ ލީގު ތަށްޓާ ފިޔަވަޅަކަށް ގާތަށް ޖެހިލައިފިއެވެ. ވުލްވްސް 5-1 ން ބަލިކޮށް، ސިޓީން ވަނީ އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑް ނަގާފައެވެ.

Advertisement


ލީގުގައި ސިޓީއަށްވެސް އަދި ވާދަވެރި ލިވަޕޫލަށްވެސް ބާކީ އޮތީ ދެ މެޗެވެ. ފައިދާ ގޯލުވެސް ލިވަޕޫލަށްވެށްވުރެ ހަތްގޯލް ސިޓިއަސް ގިނައެވެ. އެހެންކަމުން ކުރިއަށް އޮތް ދެމެޗުގެ ތެރެއިން އެއް މެޗުން މޮޅުވެގެންވެސް ސިޓީއަށް ލީގު ޔަޤީންކުރެވިދާނެއެވެ.

ވުލްވްސް އަތުން މޮޅުވި މެޗުގައި ތަފާތުދެއްކީ ކެވިން ޑި ބުރައިނާއެވެ. މެޗުގައި އޭނާ ހަތަރު ލަނޑު ޖެހިއެވެ. އެކަމަކު ޑި ބުރައިނާ ޖެހި ފުރަތަމަ ލަނޑަށްފަހު ޑެންޑޮންކާ ނަތީޖާ ހަމަހަަކުރިއެވެ. އެކަމަކު ސިޓީން ހާފް ނިންމާލީވެސް ތިނެއް އެކަކު ކުރީގައި އޮވެގެންނެވެ. ޑި ބުރައިނާ ފުރަތަމަ ހާފްގައި ހެޓްރިކް ހެދިއެވެ. ސިޓީގެ ފަހު ލަނޑު 84 ވަނަ މިނިޓްގައި ޖެހީ ސްޓާލިންގއެވެ. 

ލީގުގައި ޗެލްސީން ވަނީ 3-0 ން ލީޑްސް ޔުނައިޓެޑް ބަލިކޮށްފައެވެ. މެޗުގައި ޗެލްސީގެ ލަނޑުތައްޖެހީ މައުންޓް، ޕުލިސިޗް އަދި ލުކަކޫއެވެ. މެޗުގެ 24 ވަނަ މިނިޓުން ފެށިގެ ލީޑްސްއިން ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ. އެއީ ޖޭމްސްއަށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ. ޗެލްސީ ތިންވަނާގައި އޮތީ 70 ޕޮއިންޓާއެކުއެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.