އެސް.ޓީ.އޯގެ ހެޑް އޮފީސް. ފޮޓޯ: ސޯޝަލް މީޑިއާ

އެސް.ޓީ.އޯއިން ހިއްސާއަކަށް 65 ރުފިޔާ ބަހަން ހުށަހަޅަނީ

ހުކުރު 13 މެއި 2022 | ހަމްޒާ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުގެ މިއަހަރުގެ ފައިދާއިން ހިއްސާގެ ގޮތުގައި 65 ރުފިޔާ ބަހަން ހުށަހަޅައިފިއެވެ.

Advertisement


އެސް.ޓީ.އޯއިން ބުނީ، މިއަހަރުގެ ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 65 ރުފިޔާ ބެހުމަށް ހުށަހެޅުމަށް އެސް.ޓީ.އޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެސް.ޓީ.އޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި މިނިންމުން ހުށަހަޅާނީ، އެސް.ޓީ.އޯގެ އަހަރީ އާއްމު ޖަލްސާއިންނެވެ. އަދި ހިއްސާގެ ފައިދާގެ ގޮތުގައި 65 ރުފިޔާ ބަހަނީ، އެޖަލްސާއިން ފާށްކޮށްގެންނެވެ. އެސް.ޓީ.އޯގެ އަހަރީ އާއްމު ޖަލްސާ ބާއްވާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

އެސް.ޓީ.އޯއިން 2020 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 58 ރުފިޔާ ބަހާފައިވާއިރު، މިދިޔަ އަހަރު ބަހާފައިވަނީ 60 ރުފިޔާއެވެ.

އެސް.ޓީ.އޯގެ މާލީ ހިސާބުތަކަށް ބަލާލާއިރު، މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށްފަހު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 478 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.