މީރާ. ފޮޓޯ: ސޯޝަލް މީޑިއާ

މިދިޔަ މަހު މީރާއަށް އާމްދަނީގެ ގޮތުގައި 1.63 ބިލިއަން ރުފިޔާ ލިބުނު

ހުކުރު 13 މެއި 2022 | ހަމްޒާ

މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް އާމްދަނީގެ ގޮތުގައި 1.63 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ހާމަކޮށްފިއެވެ.

Advertisement


މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހާއި އަޅާބަލާއިރު މިއަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީ ވަނީ 14.7 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހު މީރާއަށް އާމްދަނީގެ ގޮތުގައި 1.4 ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ އޭޕްރީލް މަހު އާމްދަނީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ، މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވީ، ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުން ކަމަށެވެ. މީގެއިތުރުން އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުން ކަމަށްވެސް މީރާއިން ބުނެއެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކޮޮށްފައިވަނީ، ޖީ.އެސް.ޓީއެވެ. މިގޮތުން ޖީ.އެސް.ޓީގެ ގޮތުގައި 977.88 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 153.60 މިލިއަން ރުފިޔާ ލިބިފައިވާއިރު، އިންކަމް ޓެކްސްގެ ގޮތުގައި 124.72 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް މީރާއިން ބުނެއެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.