މޯލްޑިވުސް ޕޮލިސް ސާވިސް --

މަސްތުވެގެން ހުރެ ޖިންސީގުނަވަން ދައްކައި ފުރައްސާރަކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި

ހޮނިހިރު 14 މެއި 2022 | މޫސަ

މަސްތުގެ ހާލުގައި ހުރެ ޖިންސީ ގުނަވަން ދައްކައި، އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރަމުން ދިޔަ އިންޑިއާގެ ރައްޔިތަކު ހައްޔަރުކޮށްފިއެވެ.

Advertisement


ފުލުހުންގެ އިދާރާއިން ބުނީ އާޓިފިޝަލް ބީޗުގައި ބިދޭސީ އަކު މަސްތުގެ ހާލަތުގައި ހުރެ ޖިންސީ ގުނަވަންދައްކައި، ޖިންސީ ފުރައްސާރަ ކުރި މައްސަލަ އާއްމު ފަރާތްތަކުން ފުލުުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ 21:57 ހާއިރުގައި ކަމަށެވެ. އަދި ފުލުހުން އެސީނަށް ގޮސް އެމީހާ ހައްޔަރުކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

ފުލުހުންގެ އިދާރާއިން ބުނީ، އެމައްސަލަ މިހާރު ބަލަމުން ގެންދާ ކަމަށެވެ.

ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންގެ ފަރާތުން ދިމާވާ މަސްތުވާތަކެއްޗާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް މިފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.