ފޮޓޯ:އެމްޑީޕީ

އެމްޑީޕީގެ ޗެއަރޕާސަން،ހޮވުމަށް ބާއްވާ އިންތިޚާބުގައި ރައީސް ސާލިޙް ވޯޓު ލައްވައިފި

ހޮނިހިރު 14 މެއި 2022 | އަޒުލާ

ޚައެމްޑީޕީގެ ޗެއަރޕާސަން، ހޮވުމަށް ބާއްވާ އިންތިޚާބުގައި ރައީސް ސާލިޙް ވޯޓު ލައްވައިފިއެވެ.

Advertisement


އެމަނިކުފާނު ވޯޓުލެއްވީ ދަރުމަވަންތަ ސްކޫލްގައި ހުރި ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށެވެ.


އެމްޑީޕީގެ 17 އަހަރުގެ ތެރޭގައި ބާއްވާ އެންމެ ވާދަވެރި އިންތިޚާބަށް މިއިންތިޚާބު ވެގެންދާއިރު ޗެއަރޕާސަން އާއި ޒުވާނުންގެ ހިތްވަރު އަދި އަންހެނުންގެ ރޫހުގެ ރައީސަކު މިއިންތިޚާބުކުރަނީ ފަސް އަހަރުގެ މުއްދަތަށެވެ.

 ރައީސް ސާލިޙް ގެ އިތުރުން ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މި އިންތިހާބުގައި ވޯޓުލައްވާފައެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާ ހުރިހާ މަރުކަޒެއްގައި ވޯޓުލުން މިހާރު ފެށިފައިވާއިރު މި އިންތިހާބު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 272 ވޯޓު ފޮށި ވަނީ ބެހެއްޓިފައެވެ.
ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.