ފޮޓޯ:އެމްއޭސީއެލް

ރަޝިއާގެ އެއިރޯ ފްލޮޓްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

ހޮނިހިރު 14 މެއި 2022 | އަޒުލާ

 ފަހު ރަޝިއާގެ ގައުމީ އެއާލައިން އެއިރޯ ފްލޮޓްގެ ދަތުރުތައް ރާއްޖެއަށް މިއަދު އަލުން ފަށައިފި އެވެ.

Advertisement


އެއިރޯ ފްލޮޓްގެ ދަތުރުތައް  މެދުކަނޑާލައިފައި އޮތުމަށްފަހު އަލުން ފަށާފައިޥާއިރު އެއިރޯ ފްލޮޓުން ދުވާލަކު ފްލައިޓެއް އޮޕަރޭޓް ކުރަން ހަމަޖެހިފައިވެއެވެ.  ދަތުރުތައް ކުރާނީ އެއާބޭސް އޭ-330 މަރުކާގެ  300 މީހުންގެ ޖާގައިގެ ބޯޓުތަކުގައެވެ. 

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އެއިރޯފްލޮޓްގެ ދަތުރުތައް އަލުން ފަށާފައިވާއިރު ފުރަތަމަ ބޯޓު ޖެއްސީ މިއަދު ހެނދުނު 8:15 ގައި ކަމަށެވެ. އެ ފުލައިޓުން 296 މީހަކު ރާއްޖެ އައިސްފައިވެ އެވެ.

އެ ގައުމުން ދަތުރުތައް މީގެ ކުރިން މެދު ކަނޑާލީ ޔޫކްރެއިނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން މިިދިޔަ މާޗުމަހުގެ 28 ވަނަ ދުވަހު އެވެ.ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ކުރިން ރަޝިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. މިހާރު ރާއްޖޭގެ ޓޫރިޒަމްގެ ތިންވަނަ މާކެޓުގެ ގޮތުގައި އޮތް ރަޝިއާއިން މި އަހަރުގެ މިހާތަނަށް ރާއްޖެ އައީ  60533 ފަތުރުވެރިންނެވެ. މިދިޔަ އަހަރު ރަޝިއާއިން ރާއްޖެއަށް އައިސްފައިވަނީ 222422 ފަތުރުވެރިންނެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.