
ޗެމްޕިއަންސްލީގުގެ ޖާގަ ޓޮޓެންހަމްއަށް
އިނގިރޭސި ޕްރިމިއަރ ލީގުގެ ހަތަރު ވަނަ ޓީމްގެ ގޮތުގައި ޗެމްޕިއަންސްލީގުގެ ޖާގަ ޓޮޓެންހަމް ހޯދައިފިއެވެ. ފަހު މެޗަށްދިޔައިރު އެޖާގައަށް ވާދަކުރަމުން ދިޔައީ ޓޮޓެންހަމްގެ އިތުރުން އާސެނަލްއެވެ.

ޗެމްޕިއަންސްލީގުގެ ޖާގަ އާސެނަލްއަށް ލިބެން އޮތީ ޓޮޓެންހަމް ބަލިވެގެންނެވެ. ޕޮއިންޓް ގެއްލުވާލުން ނޫން ގޮތަކަށް ޗެމްޕިއަންސްލީގުން ފުރުޞަތު ގެއްލެން ނެތް ޓޮޓެންހަމްއިން ވަނީ ފަހު މެޗުގައި ތާވަލްގެ ފުލުގައި އޮތް ނޮރިޗް ސިޓީ އަތުން 5-0 ން މޮޅުވެފައެވެ.
މެޗުގައި ޓޮޓެންހަމްއިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހާ ސޮން ވަނީ ލިވަޕޫލްގެ ސަލާހުއާއެކު ރަންބޫޓް ހިއްސާކޮށްފައެވެ. ދެ ކުޅުންތެރިންވެސް ޖުމްލައަކީ 23 ގޯލެވެ. އާސެނަލް މޮޅުވި ނަމަވެސް ފުރުޞަތު ގެއްލުނީ ޓޮޓެންހަމްވެސް މޮޅުވުމުންނެވެ.
އާސެނަލް ފަހު މެޗު ކާމިޔާބުކުރީ އެވަޓަންއާ ވާދަކޮށް 5-1 ނެވެ. އާސެނަލް ފަސްވަނާގައި އޮތީ 69 ޕޮއިންޓާއެކުއެވެ. ޓޮޓެންހަމް ވަނީ 71 ޕޮއިންޓް ހޯދާފައެވެ.