
މޯލްޑިވްސް ޓޫރިޒަމް އެވޯޑް 2022 އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
މޯލްޑިވްސް ޓޫރިޒަމް އެވޯޑް 2022 އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޓޫރިޒަމުން ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރުގެ މުނާސަބަތާއި ގުޅުވައިގެން މިއަހަރުން ފެށިގެން ފަތުރުވެރިކަމަށް ޙާއްސަ އަހަރީ އެވޯރޑްތަކެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން ދިނުމަށް ހަމަޖެހިފައިވާ 12 އެވޯރޑަށް ނަން ހުށައެޅުމުގެ ފުރުސަތު ޢާއްމުކޮށް ވަނީ ހުޅުވާލާފައެވެ.
އެ އެވޯޑްތަކުގެ ތެރޭގައި ހިމެނެނީ،
1) ބެސްޓް ސްޓާފް އެކޮމޮޑޭޝަން އެވޯރޑް
2) ބެސްޓް ސްޓާފް ޑައިނިންގ އެކްސްޕީރިއަންސް އެވޯރޑް
3) އެކްސްސަލަންސް އިން ސްޓާފް ރެކްރިއޭޝަން އެވޯރޑް
4) އެމްޕްލޯއީ ހެލްތު ކެއަރ އެވޯރޑް
5) ސޭފަސްޓް ވާރކް އެންވަޔަރަމަންޓް އެވޯރޑް
6) އެވޯރޑް ފޯ ޔޫޓިލައިޒޭޝަން އޮފް ލޯކަލް ޕްރޮޑަކްޓްސް
7) އެވޯރޑް ފޯރ ޕްރޮމޯޓިން ލޯކަލް ޕާރފޯމާރސް
8) އެވޯރޑް ފޯރ ޕްރޮމޯޓިން ލޯކަލް މިއުޒީޝަންސް
9) އެވޯރޑް ފޯރ ޕްރޮމޯޓިން ލޯކަލް ޑީޖޭސް
10) ހަޔަސްޓް ޕެރިޓީ އޮފް މޯލްޑިވިއަން އެމްޕްލޯއީސް އެވޯރޑް
11) ހަޔަސްޓް ނަންބަރ އޮފް ފީމެއިލް އެމްޕްލޯއީސް އެވޯރޑް
12) ޓްރެއިނިންގ އެންޑް ކެރިއަރ ޑިވެލޮޕްމަންޓް އެވޯރޑް. އެވެ.
މި 12 އެވޯރޑްގެ އިތުރުން، ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓެލާއި، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދުފަހަރު، މިއިން ކޮންމެ ކެޓަގަރީއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް އެވޯރޑް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ގެސްޓްހައުސް، ޓޫރިސްޓް ހޮޓެލް އަދި ޓޫރިސްޓް އުޅަނދުފަހަރުގެ ފަރާތުން މި އެވޯރޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު 30 ޖޫންގެ ނިޔަލަށް ހުޅުވައިލާފައިވާ ކަމަށެވެ. އަދި މި އެވޯރޑްތަކަށް ކުރިމަތިލުމަށް ހުށައަޅާ ފޯމާއި، އެވޯރޑްސްތަކަށް މާރކްސް ދިނުމުގައި ބަލާނެއް މައިގަނޑު މިންގަނޑުތައް މިހާރު އިއުލާންކޮށްފައިވާނެ ކަމަށެވެ.