ފޮޓޯ:މިނިސްޓްރީ އޮފް ހެލްތް

75 ވަނަ ވަރލްޑް ހެލްތު އެސެމްބްލީ ފަށައިފި

ހޯމަ 23 މެއި 2022 | އަޒުލާ

ސްވިޒަރލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 75 ވަނަ ވަރލްޑް ހެލްތު އެސެމްބްލީ ގައި މިނިސްޓަރ އޮފް ހެލްތް އަހުމަދު ނަސީމު ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. 

Advertisement


ދުނިޔޭގެ 194 ގައުމަކުން، ސިއްޙަތާ ބެހޭ ވަޒީރުންނާއި ސިއްޙީ ދާއިރާގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ބައިނަލްއަޤްވާމީ ، މި އަހަރުގެ ބައްދަލުވުމަކީ 7 ދުވަހުގެ މުއްދަތަށް، މިމަހުގެ 22-28އަށް، ސްވިޒަރލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ބައްދަލުވެމެކެވެ.

މި ބައްދަލުވުމުގައި ޞިއްޙީ ދާއިރާއިން ޚާއްސަކަމެއް ދޭންޖެހޭ ކަންކަން ފާހަގަކޮށް، ސިއްޙީ ދާއިރާގެ މުހިންމު މައްސަލަތަކާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިދާރީ ހިންގުމާއި އަދި ޖަމިއްޔާގެ ބަޖެޓާއި ގުޅުންހުރި ކަންކަމާއި މެދު ޤައުމުތަކުގެ މެދުގައި މަޝްވަރާކުރެވޭނެއެވެ.


އަދި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ޤައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއިގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.


މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމްއެވެ. މީގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ޕާރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. އާސިމް އަޙުމަދުގެ އިތުރުން މިނިސްޓްރީ އޮފް ހެލްތްގެ އިސްބޭފުޅުންނާއި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި، ޤައުމުތަކުގެ ވަޒީރުން ތަޤްރީރު ކުރެއްވުމަށް ޚާއްސަ ކުރައްވާފައިވާ މަޢުޟޫއަކީ "ހެލްތު ފޯރ ޕީސް، ޕީސް ފޯރ ހެލްތު"އެވެ. މިމަޢުޟޫއަށް މިނިސްޓަރ އަޙުމަދު ނަސީމް ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑިރެކްޓަރ، ސްޓޮޕް ޓީބީ އަދި ގްލޯބަލް ފަންޑް އާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 މިއަހަރުގެ އެސެމްބްލީއާ ގުޅުވައިގެންވެސް "ވޯކް ދަ ޓޯކް: ހެލްތު ފޯ އޯލް ޗެލެންޖް"ގެ ނަމުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމާއި ހެލިފެލިވެއުޅުމަށް ބާރުއެޅުމުގެ މަޤްސަދުގައި ހިނގާލުމަކާއިއެކު ހަރަކާތްތަކެއް ބާއްވާފައިވެއެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.