ފޮޓޯ:ޓޭސްޓް

މުއްދަތު ހަމަވާ ތާރީޚު އެނގޭގޮތަށް ބިސް ވިއްކަން އަންގައިފި

ހޯމަ 23 މެއި 2022 | އަޒުލާ

ކުކުޅު ބިސް ވިއްކަން ބަހައްޓާއިރު ރައްކާކުރުމަށް ކަނޑައަޅާފައިވާ ފިނިހޫނުމިން ކޮންޓްރޯލްކޮށް މުއްދަތު ހަމަވާ ތާރީޚް އެނގޭގޮތަށް ބިސް ވިއްކަން ބަހައްޓަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

Advertisement


އެ އޮތޯރިޓީން ބުނީ މިހާރަކަށް އައިސް މާލޭގެ ފިހާރަތަކުން ވިއްކާ ބިސް ކުނިފެވައި ހުންނަކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށާއި މިއީ އޭގެ ސަބަބުން އާއްމު ސިއްހަތަށް ނޭދެވޭ އަސަރުކުރާ އަދި ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތައް ފެތުރޭފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.


އެ އޮތޯރިޓީން  ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ފިނިކޮށްފައި ހުންނަ ބިސް ރައްކާތެރިކަމާއިއެކު ބެހެއްޓޭނީ ގިނަވެގެން 3 މަހުގެ މުއްދަތަކަށް އަދި ބިސް ފިނި ނުކޮށް ބެހެއްޓޭނީ 28 ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި  މުއްދަތު ހަމަވާ ތާރީޚު ހަމަވުމުން ބިސް ކުނިވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ބިސް ވިއްކަން ބަހައްޓާއިރު ރައްކާކުރުމަށް ކަނޑައަޅާފައިވާ ފިނިހޫނުމިން ކޮންޓްރޯލްކޮށް މުއްދަތު ހަމަވާ ތާރީޙު އެނގޭގޮތަށް ބިސް ވިއްކަން ބެހެއްޓުމަށްވެސް އެއޮތޯރިޓީން ވަނީ އަންގާފައެވެ.






ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.