ފޮޓޯ:ރައްޔިތުންގެ މަޖިލިސް

ނޭނގި ޕާޓީތަކަށް މީހުން ވައްދާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ހޯމަ 23 މެއި 2022 | އަޒުލާ

ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި، ޕާޓީތަކުގެ މެންބަރުން އެހެން ޕާޓީތަކަށް ބަދަލުކުރަމުންދާކަމުގެ ކަންބޮޑުވުމާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

Advertisement


އެ މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. 

އެ މައްސަލަ ބަލައިގަތުމަށް ތާއީދުކުރެއްވީ އެންމެ 10 މެންބަރުންނެވެ.  މައްސަލަ ބަލައިގަތުމާ ދެކޮޅަށް 17 މެންވަރުން ވޯޓު ދެއްވިއެވެ. އެހެންކަމުން އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

ނޭނގި ސިޔާސީ ޕާޓިތަކަށް މީހުން ވައްދާ މައްސަލާގައި އާދަމް ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީއަކަށް ވަނުމާއި ވަކިވުމަކީ ގާނޫނުއަސާސީން ކޮންމެ ދިވެއްސަކަށް ލިބިގެންވާ ހައްގެއް  ނަމަވެސް، އާންމުންނަށް ނޭނގި ޕާޓީތަކަށް ވައްދައި، އެހެން ޕާޓީތަކަށް ބަދަލުކުރުން ފަދަ ކަންކަން އިތުރުވެފައިވާ ކަމަށެވެ.

އަދި އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ޕާޓީތަކަށް ލިބިދޭ ބާރުތަކާ ބީރަށްޓެހި ކަމެއް ކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ އެކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް އުފެދި، ސިޔާސީ ފިކުރެއްގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެ ހައްގު ގެއްލިގެންދާ ކަމަށެވެ.






ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.