
އެފް.އެސް.އެމްއިން ތެޔޮ އުފުލުމަށް އިތުރު ދެ ބާޖު ގެނެސްފި
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ރާއްޖޭގެ އެކި ސަރަހައްދުތަަކަށް ތެޔޮ އުފުލުމަށް އިތުރު ދެ ބާޖު ގެނެސްފިއެވެ.

އަލަށް ގެނައި މި ދެ ބާޖަށް ކިޔަނީ، "އެމްވީ ހުނިކެ" އަދި "އެމްވީ ހުނިކެ ބާޖު"އެވެ. މި ދެބާޖުވެސް ހަދާފައިވަނީ، އެއް ޑިޒައިނަކަށެވެ.
އެފްއެސްއެމުން ބުނީ، އަލަށް ގެނައި މި ދެބާޖުގައި 260،000 ލީޓަރު ތެޔޮ ހިފައިގެން ދަތުރު ކުރެވޭނެ ކަމަށެވެ. މިއިން ކޮންމެ ބާޖެއްގެ އަގަކީ، 11 މިލިއަން ރުފިޔާ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
މި ދެ ބާޖުވެސް ބޭނުން ކުރަމުންދާނީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތެޔޮ ފޯރުކޮށްދިނުމަށެވެ.
އެފްއެސްއެމުން އަލަށް ގެނައި މި ދެ ބާޖަކީ، މިސްރުގެ ކުންފުންޏަކާއި ބަންނަ ހަވާލުކުރި 4 ބާޖުގެ ތެރެއިން ދެ ބާޖެވެ. އެކުންފުނިން ބުނީ، އަނެއް ދެ ބާޖުވެސް ކުރިޔަށް އޮތް 40 ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށެވެ. އަދި މިބާޖުތައް ރާއްޖެއަށް ގެނައުމުން އެއްތަނުން އަނެއް ތަަނަށް ތެޔޮ ގެންދިޔުމަށް ފަސޭހަތަކެއްވާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.
އެފް.އެސް.އެމްއަށް އަލަށް ގެނައި ދެ ބާޖާއިއެކު އެކުންފުނިން ތެޔޮ އުފުލުމަށް ބޭނުންކުރާ ބާޖުތަކުގެ އަދަދުވަނީ 18 އަށް އަރާފައެވެ.