އެސް.ޓީ.އޯގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން. ފޮޓޯ:އެސް.ޓީ.އޯ

އެސްޓީއޯއިން ހިއްސާއަކަށް 65 ރުފިޔާ ބަހަން ފާސްކޮށްފި

އަންގާރަ 31 މެއި 2022 | ހަމްޒާ

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 65 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

Advertisement


މިގޮތަށް ފާސްކޮށްފައިވަނީ، ކްރޮސްރޯޑްސް މެރީނާގައި ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.

އެސް.ޓީ.އޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން 65 ރުފިޔާ ބަހަން ފާސްވީ، މިޖަލްސާއަށް ހާޒިރުވި 782 ހިއްސާދާރުންގެ 99 އިންސައްތަ ވޯޓުންނެވެ.

މިއަހަރު ހިއްސާއަކަށް ބަހަން ފާސްވެފައިމިވަނީ، މިދިޔަ އަހަރަށްވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެކުންފުނިން ހިއްސާއަކަށް ބަހާފައިވަނީ، 60 ރުފިޔާއެވެ.

ރޭގެ ޖަލްސާގައި މިދިޔަ އަހަރުގެ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އައްޔަން ކުރުމުގެ އިތުރުން ކުންފުނި އޮޑިޓް ކުރަން ބަޔަކާއި ހަވާލުކޮށްފައިވެއެވެ. މިޖަލްސާގައި އެކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ، ޕްރައިޒް ވޯޓާ ހައުސް ކޫޕާސްއަށެވެ.

މިދިޔަ އަހަރު އެސް.ޓީ.އޯއަށް އެކި ވިޔަފާރިތަކުން ޖުމްލަ އާމްދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ތެލުގެ ވިޔަފާރިން އެކަނިވެސް 6 ބިލިއަން ރުފިޔާ އެކުންފުންޏަށް ލިބިފައިވެއެވެ.

ޓެކްސްއަށް ކެނޑުމަށްފަހު މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު ފައިދާގެ އަދަދުވަނީ، އޭގެ ކުރީ އަހަރާއި އަޅާބަލާއިރު، 47 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމަށްފަހު އެކުންފުންޏަށް 186 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވެއެވެ.  



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.