ފޮޓޯ:އާރްޓީއެލް

ރާއްޖެ ޓްރާންސްޕޯޓް ލިންކް : ރަށު ބަންދުން ވީއްލި ދިވެހިންގެ ދިރިއުޅުމަށް އިންގިލާބީ ހެޔޮ ބަދަލެއް

ހޯމަ 13 ޖޫން 2022 | އަޒުލާ

ރާއްޖެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެންމެބޮޑު އިސްކަމެއް ދެއްވާފައިވަނީ، މާލޭގެ ތޮއްޖެހުން ކުޑަކޮށް މަރުކަޒީ ބާރުތައް ދޫކޮށްލައި ފުރިހަމަ ލާމަރުކަޒީ ނިޒާމަކުން ފަސޭހަ ކަމާއިއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ޤާއިމު ކުރެއްވުމަށެވެ.

Advertisement


ރާއްޖޭގެ ޖަޒީރާ ރަށްތައް އެއްރަށުން އަނެއް ރަށަށް ގުޅާލައި، އިޤްތިޞާދީގޮތުން އެކަހެރިވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް މުޅި ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލައި އެނިޒާމުގެ ޚިދުމަތްވަނީ މިއަދު މިވަނީ ފަށާފައެވެ.


އާރް.ޓީ.އެލްގެ ޚިދުމަތަކީ ރައްޔިތުންނަށް ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ކަށަވަރުކޮށްދިނުމަށްޓަކާ ސަރުކާރުގެ އެކި ވުޒާރާތައް ގުޅިގެން ހައި ސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ތެރެއިން ދޭން ފެށި ޚިދުމަތަކެވެ. މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢު ސަރުކާރުން ހިންގަނީ 3 ފިޔަވަށްސަކަށް ބަހާލައިގެންނެވެ. އެގޮތުން ޒޯން 1 ގައި ހިމެނޭ ހއ، ހދ އަދި ށ. އަތޮޅުގެ ތެރެއިން ހދ. އަތޮޅުގައި ފެރީ ޚިދުމަތް މިހާރު ވަނީ ދޭން ފަށާފައެވެ.


މި ޖަޒީރާތަކުގެ އެއްރަށް އަނެއް ރަށާ ގުޅި، އިޖްތިމާޢީ އަދި އިޤްތިޞާދީ އެކަހެރިކަން ފިލައި، ހުރިހާ ރަށެއްގެ އިޤްތިޞާދު، ޤައުމީ އިޤްތިޞާދާ ލާމެހި ތަނަވަސްވާނީ މި ފެށި ރާއްޖެ ޓްރާސްޕޯޓް ލިންކް ނެޓްވޯކް ނިޒާމުން. މިއީ އަޅުގަނޑުމެން އެދޭ ލާމަރުކަޒީ ތަރައްޤީގެ މައިބަދަ." ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.


ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ތަޢާރަފުކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް ރަސްމީކޮށް ފަށާ ތަނަވަސް ޖާގަޔާއި އަރާމުގޮނޑީގައި ތިބެ ބާރު ސްޕީޑްގައި ރާއްޖެ ޓްރާންސްޕޯޓް ލިންކްުގެ އުޅަނދުފަހަރުތައް މިހާރު އެދަނީ އުތުރުގެ ކަނޑުތައް ކަފަމުން ފޮނުއަރުވަމުންނެވެ.


މިއުޅަނދުތަކާއި އެކު އެއްރަށް އަނެއްރަށް ގުޅާޅާ ރައްޔިތުންގެ ގުޅުންތައް އެމުނިގެންދާއިރު މިނިޒާމުގެ ދަށުން ރައްޔިތުންނަށް ބޭނުންވާ ބަނދަރުތަކާއި ހިތްގައިމު ފެރީ ޓާރމިނަލްތައް އެދަނީ ބިނާވެ ނިމެމުންނެވެ.


ރާއްޖެ ޓްރާންސްޕޯޓް ލިންކަކީ ރައީސް އެވިދާޅުވާ " އޮތް ދިގަށް ސަރާސަރުމަގުން ހިނގާ ފިޔަވަތި ޖަޒީރާ ރާއްޖެއަކަށް" މިރާއްޖެ ހަދާދޭ މައިބަދައެވެ. ޖަޒީރާ ރާއްޖޭގައި ކުޑައެއް ބޮޑެއް އުތުރެއް ދެކުނެއް ނެތި އެއްރަށުން އަނެއްރަށަށް ލިބޭ ކޮންމެ ވަސީލަތަކާއި ހިދުމަތައްތައް ކޮންމެ ރައްޔިތަކަށްވެސް ފަސޭހަކަމާއިއެކު ލިބޭނެ މަގުފަހިކޮށްދޭނޭ ހަރުދަނާ ނިޒާމެކެވެ.

 ދަތުރުފަތުރުގެ މި އިންގިލާބީ ބަދަލާއިއެކު އިޖްތިމާއި ދުޅަހެޔޮ ރައްޔިތުން ތަކަކާއިއެކު އިޤްތިސާދީ ގޮތުން ރާއްޖެ މިސްރާބު ޖަހާނީ ތަރައްޤީގެ އާހަރުފަތަކާއި ދިމާއަށެވެ.


ސިއްހަތާއި ތައުލީމާއި އިޖްތިމާއީ ގުޅުމާއި ކުލުނާއި ލޯބި މި އުޅަނދުތަކުން އެއްރަށުން އަނެއް ރަށަށް އުފުލާދީ މުޅި ރާއްޖެ އެއްވެ އެކަތި ގަނޑަކަށް ހަދާލަދޭނެއެވެ.
ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.