ލީގު މެޗަކަށް ނިކުތުމުގެ ކުރިން ޔޫވީ ކުޅުންތެރިން: ފޮޓޯ-އެފްއޭއެމް

ދަ ގްރާންޑޭ ބަލިކޮށް ޔޫވީ ތިންވަނައަށް

އަންގާރަ 21 ޖޫން 2022 | އައުޓްރީޗް

އޭއެފްސީކަޕާއި، އޭޝިޔަންކަޕް ކޮލިފައިންގއަށް ދިވެހި ޕްރިމިއަރ ލީގު މެދުކަނޑާލުމަށްފަހު އަލުން ފެށި މެޗުގައި ދަ ގްރާންޑޭ ބަލިކޮށް، ޔުނައިޓެޑް ވިކްޓްރީން ތާވަލްގެ ތިންވަނައަށް ޖެހިލައިފިއެވެ.

Advertisement


ޔުނައިޓެޑް ވިކްޓްރީން ތާވަލްގެ ތިންވަނައަށް ޖެހިލީ 2-1 ން ދަ ގްރާންޑޭ ބަލިކޮށްގެންނެނެވެ. މިމޮޅާއެކު ޔޫވީން ވަނީ 13 މެޗުން 20 ޕޮއިންޓް ހޯދާފައެވެ. ޔޫވީގެ ފަހަތުގައި ޓީސީ އޮތީ 12 މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނާގައި މާޒިޔާ އޮތީ 33 ޕޮއިންޓާއެކުއެވެ. އަދި ދެވަނާގައި އީގަލްސް އޮތީ 28 ޕޮއިންޓާއެކުއެވެ. 

ދަ ގްރާންޑޭ ކޮޅަށް ފުރަތަމަ ހާފްގައި ޔޫވީގެ ފުރަތަމަ ލަނޑު ޖެހީ އިވާންއެވެ. މެޗުގެ ފަހު ދިހަ މިނިޓްގައި ދެވަނަ ލަނޑު ޖެހީ ލަމާން ޒުހެއިރުއެވެ. މެޗު ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ދަ ގްރާންޑޭގެ ލަނޑު ޖެހީ އިސްމާއީލް މަފާޒް އިބްރާހީމްއެވެ.

ލީގުގައި މިރޭ ވާދަކުރާނީ އީގަލްސްއާއި ވެލެންސިޔާއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.