
ސިފައިންނާއި ވެމްކޯ ވާދަކުރި މެޗުގެ ތެރެއިން
ސިފައިން ބަލިކޮށް، ފައިނަލްގެ ދެވަނަ ޖާގަ ވެމްކޯއަށް
އަންގާރަ 21 ޖޫން 2022
| އައުޓްރީޗް
ވޮލީބޯޅަ އެސޯސިއޭޝަންކަޕްގެ ފައިނަލްގެ ދެވަނަ ޖާގަ ކްލަބް ވެމްކޯ ހޯދައިފިއެވެ. ވެމްކޯ ފައިނަލުން ޖާގަ ހޯދީ ޕްލޭއޮފް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.
Advertisement

މެޗުގެ ސެޓްތައް ވެމްކޯ ގެންދިޔައީ މާބޮޑު އުނދަގޫކަމެއް ނެތި، އަދި ތިން ސެޓްގައިވެސް ލީޑް ގެއްލުވާނުލައެވެ. ވެމްކޯ ސެޓްތައް ގެންދިޔައީ 25-18، 25-22، އަދި 25-22 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ އަޝްވަލް ރާއީއެވެ.
އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅޭ ފައިނަލްގައި ވެމްކޯ ވާދަކުރާނީ ސްޕޯރޓްސް ކްލަބް ސިޓީއާއެވެ. ސިޓީ ފައިނަލުން ޖާގަ ހޯދީ ލީގު ބުރުގެ އެއްވަނަ ހޯދައިގެންނެވެ.