އީގަލްސްއިން ލީގުގައި މެޗަކަށް ނިކުންނަނީ: ފޮޓޯ-އެފްއޭއެމް

ވެލެންސިޔާ އަތުން މޮޅުވެ އީގަލްސްއިން މާޒިޔާގެ ފަހަތުގައި ވިއްދާފައި

ބުދަ 22 ޖޫން 2022 | އައުޓްރީޗް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް ވެލެންސިޔާ ބަލިކޮށް އީގަލްސްއިން މާޒިޔާގެ ފަހަތުގައި ވިއްދައިފިއެވެ.

Advertisement


ވެލެންސިޔާ އަތުން ހޯދި މޮޅާއެކު އީގަލްސް ވަނީ 13 މެޗުން 31 ޕޮއިންޓް ހޯދާފައެވެ. އެއްވަނާގައި މާޒިޔާ އޮތީ 12 މެޗުން 33 ޕޮއިންޓާއެކުއެވެ. އެކަމަކު މިރޭ ޓީސީ ބަލިކޮށްގެން ފަރަޤު ބޮޑުކުރުމުގެ ފުރުޞަތު މާޒިޔާއަށް އެބައޮތެވެ.

ވެލެންސިޔާގެ މައްޗަށް އީގަލްސްއިން ކުރި ހޯދީ 3-1 ނެވެ. މެޗުގައި އަހުމަދު ހަސަން އީގަލްސްއަށް ދެ ގޯލް ޖަހައިދިނެވެ. އެޓީމްގެ އަނެއް ގޯލް ޖެހީ އިމްރާން ނަޝީދެވެ. ވެލެންސިޔާގެ ހަމައެކަނި ލަނޑު ޖެހީ އެޓީމަށް ފުރަތަމަ މެޗު ކުޅެދިން ތަޖުރިބާކާރު މިޑްފީލްޑަރ މުޙައްމަދު އުމެއިރުއެވެ. މާޒިޔާ ދޫކޮށް އުމެއިރު ވެލެންސިޔާއާ ގުޅުނީ އެންމެ ފަހުގެ ޓްރާންސްފަރގައެވެ. 

ވެލެންސިޔާއަށް 13 މެޗުން ލިބެނީ 16 ޕޮއިންޓެވެ. ލީގުގައި މިއަދު ހަވީރު ވާދަކުރާނީ ސަސްއާއި ގްރީން ސްޓްރީޓްސްއެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.