ފޮޓޯ:ފޮރިންގް މިނިސްޓްރީ

ރާއްޖެއިން ރުވާންޑާއާއެކު 5 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ބުދަ 22 ޖޫން 2022 | އަޒުލާ

ދިވެހިރާއްޖެއާއި ރުވާންޑާ އާއި ދެމެދު 5 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

Advertisement


މި އެއްބަސްވުމުގައި ދިވެހިރާއްޖެއިން ރުވާންޑާއެކު ސޮއިކޮށްފައިވަނީ އެ ޤައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލެވެ. ރުވާންޑާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިން މިނިސްޓަރ ވިންސެންޓް ބިރޫޓާއެވެ.

ރާއްޖެއާއި ރުވާންޑާއާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ގުޅުން ބަދަހިކުރުމަށް ނިންމާފައިވާ ދާއިރާތަކަކީ، ޚާރިޖީ ދާއިރާއާއި، ވައިގެ މަގުން ދަތުރުފަތުރުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ތަރައްޤީއާއި ޕްރޮމޯޝަން އަދި ވިޔަފާރި ހަރަކާތްތަކާއި، މެރިޓައިމް ދާއިރާގެ އިތުރުން، ދަނޑުވެރިކަމުގެ ދާއިރާއިން މަސްވެރިކަމާއި މެރިން ރިސޯސަސްގެ ދާއިރާއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލު ވަނީ ރުވާންޑާގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވާ، ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖެއާއި ރުވާންޑާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާ، ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި، ދަނޑުވެރިކަމާއި، ކަނޑުދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާއިން ކުރެވޭ މުއާމަލާތްތައް ވަރުގަދަކުރުމަށް ހަރުދަނާ ވައިގެ ދަތުރުފަތުރުގެ ނިޒާމެއް އޮތުމުގެ މުހިއްމުކަމާއި ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައެވެ.

ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.