މެޗުގައި ތަފާތު ދެއްކި ދެ ކުޅުންތެރިން: ފޮޓޯ-މާޒިޔާ

މާޒިޔާއަށް ބެންޗުން އެރި ކުޅުންތެރިންގެ ރެއެއް!

ބުރާސްފަތި 23 ޖޫން 2022 | އައުޓްރީޗް

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ބެންޗުން އެރި މާޒިޔާގެ ތަރިން ތަފާތުދައްކާ ފުރިހަމަ މޮޅެއް ހޯދައިދީފިއެވެ. 

Advertisement


އޭއެފްސީކަޕްގެ ގްރޫޕް ސްޓޭޖްގެ މެޗުތަކާއި، އޭޝިޔަންކަޕް ކޮލިފައިންގައި ޤައުމީ ޓީމްގެ މެޗުތަކަށްފަހު އަލުން ލީގު ފަށައިގެން މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި ޓީސީ އަތުން ކުރި ހޯދީ 4-0 ނެވެ. އެކަމަކު މެޗުގެ 80 ވަނަ މިނިޓާ ހަމައަށްވެސް މާޒިޔާ ކުރީގައި އޮތީ 1-0 ނެވެ. އެއީ ފުރަތަމަ ހާފްގައި ޓަނާ ޖެހި ލަނޑުންނެވެ.

މާޒިޔާއިން ދެވަނަ ލަނޑާއި، ތިންވަނަ ލަނޑުވެސް ޖެހީ ކޯނޭގެ އެހީތެރިކަމާއެކު އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އެވެ. ފަހު ލަނޑު އިތުރު ވަގުތުގައި ޖެހީ ކޯނޭއެވެ. ކޯނޭ ލަނޑުޖެހީ ހުސެއިން ނިހާން ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ނިހާން ދެވަނަ ހާފްގައި ކުޅެން ނިކުތީ އަސަދުاللهގެ ބަދަލުގައެވެ. ނާއިޒް ހަސަންގެ ބަދަލުގައި ކޯނޭ ކުޅެން ނިކުތީ 64 ވަނަ މިނިޓްގައެވެ. އަދި ފޭދޫ އިއްބެ ކުޅެން ނިކުތީ 76 ވަނަ މިނިޓްގައި ހަމްޒާގެ ބަދަލުގައެވެ. 

މިމޮޅާއެކު މާޒިޔާ ވަނީ 36 ޕޮއިންޓް ހަމަކޮށް، އަލުން ފަސް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ދެވަނާގައި އީގަލްސް އޮތީ 31 ޕޮއިންޓާއެކުއެވެ.

ލީގުގައި ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) ބަލިކޮށް، ގްރީން ސްޓްރީޓްސްއިން ވަނީ ސަސްއާ ޕޮއިންޓްގެ ގޮތުން ހަމަކޮށްފައެވެ. ސަސްގެ މައްޗަށް ގްރީންއިން ކުރި ހޯދީ 3-1 ނެވެ. މެޗުގައި ސަސްއިން ފުރަތަމަ ކުރި ހޯދީ ރިލްވާން ވަހީދެވެ. އެކަމަކު ހާފް ނިމުނީ އަހުމަދު އައިހަމް ޖެހި ލަނޑުން ނަތީޖާ އެއްވަރުވެގެންނެވެ. ގްރީންއަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ އަންސަރު އިބްރާހީމްއެވެ. ތިންވަނަ ލަނޑު ޖެހީ އަވިލާއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.