ހަމަނުޖެހުން ހިންގި މީހުންނާއި އެކު ޝައިޚް އާދަމް ނިޝާނާއިޝައިޚް ފަޒްލޫން --- ފޮޓޯ: އަދަދު

ޝައިޚް އާދަމް ނިޝާނާއި ޝައިޚް ފަޟުލޫނު ދީނީ ނަސޭހަތްދިނުން މަނާކޮށްފި

ބުރާސްފަތި 23 ޖޫން 2022 | މޫސަ

ދީނީ ތަޤުރީރުކުރުމާއި ވަޢުޡު ބުނުމާއި ދީނީ އިރުޝާދު ދިނުމަށް އައްޝައިޚް ފަޟްލޫން މުޙައްމަދާއި، އައްޝައިޚު އާދަމް ނިޝާނަށް ދީފަިއވާ ހުއްދަ ހިފަހައްޓައިފިއެވެ.

Advertisement


މިނިސްޓްރީ އޮފް އިސްލާ،ިކް އެފެއާޒުން ބުނީ، އެމީހުންގެ ހުއްދަ ހިފެހެއްޓީ، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާއި އެފަރާތްތަކުން ޚިލާފުވެފައި ވާތީ ކަމަށެވެ. އަންގާރަ ދުވަހު ބަޔަކު ގަލޮޅުދަނޑަށް ވަދެ ހިންގި ހަމަނުޖެހުންތަކަށް ގޮވާލުމާއި ހިއްވަރު ދިނުމުގެ ކުށުގައި ޝައިޚް ނިޝާނާއި ފަޟުލޫން ރޭ އިރާކޮޅު ވަނީ ހައްޔަރުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އައްޝައިޚް ފަޟުލޫން މުޙައްމަދާއި ޝައިޚް އާދަމް ނިޝާނަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައި ވަނީ 21 ޖޫން 2022ގެ ހެނދުނު ގލޮޅު ރަސްމީ ދަނޑުގައި ހިންގުނު ޙަރަކާތަށް އަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، ބަންދުކޮށްފައިވާ ސަރަޙައްދަކަށް ވަދެ، ދައުލަތުގެ މުދަލަށް ގެއްލުންދީ، ދައުލަތުގެ ވަޒީރުންނާއި އިއްޒަތްތެރިން އަދި އެކުވެރި ދައުލަތްތަކާއި ބައިނަލްއަޤުވާމީ ޖަމާއަތްކުގެ ޑިޕްލޮމެޓުންނާއި މަންދޫބުނަށް ޙަމަލާދީ ހަމަނުޖެހުން ހަމަނުޖެހުން ހިންގި އެއްވުމަށް ދަޢުވަތުދީ އެ އެއްވުމުގައި އިސްކޮށް ޙަރަކާތްތެރިވެފައިވާތީ އާއި، އެ ހަމަނުޖެހުން ހިންގއިގެން ހައްޔަރުކުރި ފަރާތްތަކުގެ އަމަލުތަކަށް ހިތްވަރުދީ އެ އަމަލުތައް ދިިފާއުކޮށް، އަދި އެފަރާތްތަކުގެ މައްޗަށް ޖިނާޢީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުއްވި ފަނޑިޔާރުންނަށް ނިސްބަތްކޮށް ތަކުފީރުގެ ސީޣާއިން މީސްމީޑިއާގައި މުޚާތަބުކޮށްފައިވާ ކަން އެނގެން އޮންނާތީ އާއި، އޭނާ އާއިމެދު ޖިނާއީ ތަހުޤީޤެއް ހިންގަމުންދާކަމާއި، އަދި ހައްޔަރުކޮށްފައިވާ ކަން ފުލުހުން އިސްލާމިކް މިނިސްޓްރީއަށް އަންގާފައި ވާތީއެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވަނީ، އިސްލާމް ދީނުގެ ނަމުގައި، މަދުބަޔަކު ހިންގާ ނޭއްގާނީ އަމަލުތަކުގެ ނާޖާއިޒް ފައިދާ ނަގައި އިސްލާމް ދީނަށާއި، ދީނީ އިލްމުވެރިންނަށް ނިސްބަތްކޮށް ބަދުބަސް ބުނުމާއި، މަދު ބަޔަކު ހިންގާ ހަރުކަށި އަމަލުތައް ދިނީ ޢިލްމަށް ނިސްތްވާ އެންމެންގެ ބޮލުގައި އެޅުވުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ދިޔުން ކުއްވެރިކޮށްފައެވެ. މުޖްތަމަޢުގައި އިލްމުވެރިންނށް ދެވިފައިވާ ގަދަރާއި ހައިބަތު ކުޑަކުރުމަކީ ހަރުކަށިކަމަށް ހުޅުވައިލެވޭ ދޮރެއް ކަމަށެވެ. އެހެންކަމުން ދީނުގެ މައުލޫމާތު ފޯރުކޮށް ދިނުމުގައި ޝަރުއީ ރިވެތި އުސޫލުތަކާއި މިންގަނޑުތައް ހިފެހެއްޓުމަށް ދީނީ އިލުމުވެރިންނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިލްތިމާސްކޮށްފައި ވެއެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.