
ގްޑީސްއާއި ސިޓީ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-އަދަދު
އެސޯސިއޭޝަންކަޕްގެ ޗެމްޕިއަން ސިޓީގެ ފެށުން ފުރިހަމަ
އާދީއްތަ 26 ޖޫން 2022
| އައުޓްރީޗް
ޤާއުމީ ވޮލީބޯޅަ ލީގުގައި އެސޯސިއޭޝަންކަޕްގެ ޗެމްޕިއަން ސްޕޯރޓްސް ކްލަބް ސިޓީން ފުރިހަމަ މޮޅަކުން ފަށައިފިއެވެ.
Advertisement

ސްޕޯރޓްސް ކްލަބް ސިޓީ ލީގުގައި ކުޅުނު ފުރަތަމަ މެޗު ގްޑީސް ސްޕޯރޓްސް ކްލަބާ ވާދަކޮށް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ސިޓީން ގެންދިޔައީ 25-16، 25-20 އަދި 25-11 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސިޓީގެ ހާދީޕް ސިންގއެވެ.
ލީގުގެ ތިންވަނަ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ ވެމްކޯއާއި ދިވެހި ސިފައިންގެ ކްލަބެވެ.