އެސޯސިއޭޝަންކަޕްގައި ސިފައިންގެ މެޗެއްގެ ތެރެއިން: ފޮޓޯ-އަދަދު

ވެމްކޯ އަތުން ސިފައިން މޮޅު

އާދީއްތަ 26 ޖޫން 2022 | އައުޓްރީޗް

ޤައުމީ ވޮލީބޯޅަ ލީގުގައި ކްލަބް ވެމްކޯ އަތުން ދިވެހި ސިފައިންގެ ކްލަބް މޮޅުވެއްޖެއެވެ.

Advertisement


ވެމްކޯ އަތުން ސިފައިން މޮޅުވީ ފުރަތަމަ ސެޓް ވެމްކޯއިން ގެންގޮސްފައިވަނިކޮށް، ޖެހިގެން އައި ތިން ސެޓް ހޯދައިގެންނެވެ. ފުރަތަމަ ސެޓް ވެމްކޯއިން ގެންދިޔައީ 25-18 ނެވެ. އެކަމަކު ޖެހިގެން އައި ތިން ސެޓް 25-19، 25-23 އަދި 25-19 ން ސިފައިން ގެންދިޔައެވެ. 

އެސޯސިއޭޝަންކަޕް ފައިނަލުން ވެމްކޯ ޖާގަހޯދީ ޕްލެއޮފްގައި ސިފައިން ބަލިކޮށްފައެވެ. ލީގު ބުރުގައި ސިފައިން ވެމްކޯ ބަލިކުރިއެވެ. 

ލީގުގައި މިރޭ ވާދަކުރާނީ ސްޕޯރޓްސް ކްލަބް ސިޓީއާއި ޕޮލިސް ކްލަބެވެ. މިއީ ލީގުގައި ޕޮލިސް ކްލަބްގެ ފުރަތަމަ މެޗެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.