
މާޒިޔާ މެޗުން މޮޅުކޮށްދިން ލަނޑު ޖެހުމަށްފަހު ކާޓަލް: ފޮޓޯ-މާޒިޔާ
ސަސް އަތުން މާޒިޔާ މޮޅުވީ ފަހުވަގުތު
ހޯމަ 27 ޖޫން 2022
| އައުޓްރީޗް
2-2 ން މެޗު އެއްވަރުވާން ދަނިކޮށް، ފަހު މިނިޓްގައި ކާޓަލް ޖެހި ގޯލުން މޮޅުވެ މާޒިޔާއިން ލީޑް ހިފަހައްޓައިފިއެވެ.
Advertisement

މެޗުގެ ފުރަތަމަ ހާފް ނިމުނީ 2-2 ން ދެޓީމް އެއްވަރުވެގެންނެވެ. މާޒިޔާއަށް ފުރަތަމަ ލަނޑު ޖަހައިދިނީ ނާއިޒު ހަސަންއެވެ. ދެވަނަ ލަނޑު ޖެހީ ޓަނާއެވެ. ސަސްގެ ފުރަތަމަ ގޯލަކީ މާޒިޔާގެ ޑިފެންޑަރ ކާޓަލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެވަނަ ގޯލް ޖަހާ ނަތީޖާ ހަމަހަމަކުރީ އަލީ ނަޝޫހު ރަޝީދެވެ. މާޒިޔާ ސަލާމަތްވީ މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓްގައި ކާޓަލް ޖެހި ލަނޑުންނެވެ.
މިމޮޅާއެކު މާޒިޔާއަށް ވަނީ 14 މެޗުން 39 ޕޮއިންޓް ލިބިފައެވެ. ސަސްއަށް ދެވަނަ ބުރު ނިމުނުއިރު ލިބުނީ 14 ޕޮއިންޓެވެ. ދެވަނާގައި އޮތީ އީގަލްސްއެވެ. އެއީ 13 މެޗުން 31 ޕޮއިންޓާއެކުއެވެ.