
ލީގުގައި ޕޮލިސް ކްލަބާއި ސިޓީ ވާދަކުރި މެޗުގެ ތެރެއިން
ޕޮލިސް ކްލަބް އަތުންވެސް ސްޕޯރޓްސް ކްލަބް ސިޓީއަށް ފަސޭހަ މޮޅެއް!
ހޯމަ 27 ޖޫން 2022
| އައުޓްރީޗް
ޤައުމީ ވޮލީބޯޅަ ލީގުގައި ޕޮލިސް ކްލަބް އަތުންވެސް ސްޕޯރޓްސް ކްލަބް ސިޓީން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
Advertisement

އެސޯސިއޭޝަންކަޕްގެ ޗެމްޕިއަން ސްޕޯރޓްސް ކްލަބް ސިޓީން ލީގުގައި ކުޅުނު ދެވަނަ މެޗުގައި ޕޮލިސް ކްލަބް އަތުން މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެތްތައް ސިޓީން ގެންދިޔައީ 27-25، 25-20 އަދި 25-20 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސްޕޯރޓްސް ކްލަބް ސިޓީގެ ވިނިތް ކުމާރެވެ. ސިޓީ ވަލީ ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ. މިއީ ޕޮލިސް ކްލަބްގެ ފުރަތަމަ މެޗެވެ.
ލީގުގައި މިއަދު ހަވީރު ވާދަކުރާނީ ދިވެހި ސިފައިންގެ ކްލަބާއި، އޮއްފު އެފްސީއެވެ.