
އެސޯސިއޭޝަންކަޕް މެޗެއްގައި ސިފައިން؛ ފޮޓޯ-އަދަދު
ސިފައިން ދެވަނަ މެޗުންވެސް މޮޅު
ހޯމަ 27 ޖޫން 2022
| އައުޓްރީޗް
ޤައުމީ ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކްލަބް ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.
Advertisement

ސިފައިންގެ ކްލަބް ދެވަނަ މެޗު ކާމިޔާބުކުރީ މިއަދު ހަވީރު އޮއްފު އެފްސީއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ސިފައިން ގެންދިޔައީ 25-21، 25-23، އަދި 25-15 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ކްލަބްގެ ޝޮން ޓީ ޖޯންއެވެ.
ސިފައިން ވަނީ ފުރަތަމަ މެޗުގައި ވެމްކޯވެސް ބަލިކޮށްފައެވެ. ލީގުގައި މިރޭ ވާދަކުރާނީ ޕޮލިސް ކަލްބާއި، ގްޑީސް ސްޕޯރޓްސް ކްލަބެވެ.