ވެލެންސިޔާ މެޗުގެ މޮޅުކުޅުންތެރިޔާ އުމެއިރު

ވެލެންސިޔާ ހަތަރަކަށް، އީގަލްސް މާޒިޔާގެ ފަހަތުގައި

އަންގާރަ 28 ޖޫން 2022 | އައުޓްރީޗް

ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގެ ކުޅުން ނިމުނުއިރު ވެލެންސިޔާއިން ގަދަ ހަތަރެއްގެ ތެރެއަށް ވަދެ، އީގަލްސްއިން މާޒިޔާގެ ފަހަތުގައި ވިއްދައިފިއެވެ.

Advertisement


އެއްވަނާގައި އޮތް މާޒިޔާގެ ފަހަތުން ފަސް ޕޮއިންޓްގެ ފަރަޤަކާއެކު އޮތީ އީގަލްސްއެވެ. އީގަލްސް ވަނީ ދެވަނަ ބުރުގައި ކުޅުނު ފަހު މެޗުގައި 2-1 ން ދަ ގްރާންޑޭ ބަލިކޮށްފައެވެ. މެޗުގައި އީގަލްސްގެ ފުރަތަމަ ގޯލް ޖެހީ އަހުމަދު ހަސަންއެވެ. އަބުދުالله ޖުނެއިދުގެ ލަނޑުން ދަ ގްރާންޑޭއިން ނަތީޖާ ހަމަހަމަކޮށްފައިވަނިކޮށް، އީގަލްސް މެޗުން މޮޅުވީ ދަ ގްރާންޑޭގެ ކޮލަމްބިޔާ ޑިފެންޑަރު އިވާން ސައިސޭޑޯ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

ވެލެންސިޔާ ހަތަރުވަނައަށް ޖެހިލީ ތިންވަނާގައި އޮތް ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްގެންނެވެ، ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް ދެވަނަ ބުރުގެ ފަހު މެޗުގައި ވެލެންސިޔާއިން ކުރިހޯދީ 3-1 ނެވެ. ވެލެންސިޔާގެ ފުރަތަމަ ލަނޑު ޖެހީ މުޙައްމަދު އުމެއިރުއެވެ. ދެވަނަ ލަނޑު ޖެހީ އަބުދުالله ޔާމީންއެވެ. އަދި ތިންވަނަ ލަނޑު ޖެހީ އަސްއަދު އަލީއެވެ. ޔޫވީގެ ހަމައެކަނި ލަނޑު ޖެހީ އިވާންއެވެ.

މިނަތީޖާތަކާއެކު ދެވަނަ ބުރު ނިމުނުއިރު އެއްވަނާގައި މާޒިޔާ އޮތީ 39 ޕޮއިންޓާއެކުއެވެ. އީގަލްސް ދެވަނާގައި އޮތީ 34 ޕޮއިންޓާއެކުއެވެ. ތިންވަނާގައި އޮތީ ޔުނައިޓެޑް ވިކްޓްރީއެވެ. އެއީ 20 ޕޮއިންޓާއެކުއެވެ. ވެލެންސިޔާއަށް ހަތަރުވަނަ ލިބެނީ 19 ޕޮއިންޓާއެކުއެވެ. ޓީސީއާއި ގްރީންވެސް އޮތީ 17 ޕޮއިންޓްގައެވެ. ހަތްވަނާގައި އޮތީ 14 ޕޮއިންޓާއެކު ސަސްއެވެ. ފުލުގައި ދަ ގްރާންޑޭ އޮތީ ޕޮއިންޓަކާއެކުއެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.