ނިއުރޭޑިއަންޓް ކާމިޔާބު އަހަރެއްގެ ތެރެއިން

ނިއުރޭޑިއަންޓްގެ ސަސްޕެންޝަން އުވާލައިފި، ދެވަނަ ޑިވިޝަންގައި ވާދަކުރާނެ

ހުކުރު 01 ޖުލައި 2022 | އައުޓްރީޗް

ނިއުރޭޑިއަންޓަށް އެފްއޭއެމްއިން ދީފައިވާ ސަސްޕެންޝަންވެސް އުވާލުމުން އަންނަ މަހު ފަށާ ދެވަނަ ޑިވިޘަން ފުޓްބޯޅަ މުބާރާތުގައި އެކްލަބުން ވާދަކުރާނެކަން ޔަޤީންވެއްޖެއެވެ.

Advertisement


ސަސްޕެެންޝަން އުވާލިއިރު ނިއުރޭޑިއަންޓުން ދިޔައީ ޓީމެއް އެކުލަވާލާ ޕްރެކްޓިސް ކުރަމުންނެވެ. އެފްއޭއެމްއިން ނިއުރޭޑިއަންޓަށް އަޅާފައިވާ ފިޔަވަޅުތައް އުވާލީ ރޭ ބޭއްވި އެކްސްކޯ ބައްދަލުވުމުގައެވެ. އެކްސްކޯއަށް އެބާރު ދިނީ އެންމެފަހުން ބޭއްވި ކޮންގްރެސްގައެވެ. އެފްއޭއެމްއިން ސަސްޕެންޝަން އުވާލީ ނިއުރޭޑިއަންޓުން ފައިސާ ދޭން ޖެހޭ ކުޅުންތެރިންނަށް ފައިސާ ދިނުމަށް ސެޓަލްމަންޓް އެއްބަސްވުންތަކެއް ހެދުމަށްފަހު އެފްއޭއެމްއަށް ހުށަހެޅުމުންނެވެ. ދިހަ ކުޅުންތެރިންނާއެކު ނިއުރޭޑިއަންޓުން އެއްބަސްވުން ހެދިއެވެ.

އޭގެކުރިން ނިއުރޭޑިއަންޓުުން ވަނީ ފައިސާ ނުދީގެން ފީފާއަށް މައްސަލަ ޖެއްސުމުން، ފައިސާދޭން ފީފާއިން އަންގާފައިވާ ކުޅުންތެރިންނާއި ކުރީގެ ކޯޗަށްވާ 3.3 މިލިއަން ރުފިޔާވެސް ދައްކާފައެވެ. ފީފާގެ ސަސްޕެންޝަން އުވާލާ ކުޅުންތެރިން ނުގެނެވޭގޮތަށް އޮތް އޮތުމަށް ނިމުން ގެނައީ އެފައިސާ ދެއްކުމުންނެވެ.

ނިއުރޭޑިއަންޓްގެ އިތުރުން ވިކްޓްރީވެސް ދެވަނަ ޑިވިޝަންގައި ވަދަކުރާނީ 2019 ވަނަ އަހަރު ކުރިމަތިވި ސަސްޕެންޝަނަށްފަހުއެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.