2020 ވަނަ އަހަރު ރ މީދޫއަށް އުދައަރާފައި ---

ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް އާދަޔާއި ޚިލާފަށް އުދައަރަން ފަށައިފި

ހުކުރު 01 ޖުލައި 2022 | މޫސަ

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ރަށްރަށަށް ވަރަށް ބޮޑަށް އުދައަރަމުންދާކުގައި ރިޕޯޓުކުރަން ފަށައިފިއެވެ.

Advertisement


މގޮތުން އައްޑުއަތޮޅާއި ގއ އަދި ގދ އަތޮޅާއި ލ އަތޮޅާއި ތ އަތޮޅާއި ދ އަތޮޅުގެ ބައެއް ރަށްރަށަށް އުދައަރަމުންދާކަމަށް ކަމާއި ބެހޭ ފަރާތްތަކަށް ދަނީ ރިޕޯޓްކުރަމުންނެެވެ.

މިހާތަނަށް އުދަ އަރާކަމަށް ރިޕޯޓުކޮށްފައިވާ ރަށްތަކުގެ ތެރޭގައި، އައްޑޫ ސިޓީ މަރަދޫ ފޭދޫ އާއި، އައްޑޫ ސިޓީ ހުޅުމީދޫ އާއި ގދ ނަޑެއްލާ އާއި ރަތަފަންދޫ އާއި މަޑަވެއްޔާއި، ހޯޑެއްދޫ ހިމެނެވެ. މީގެ އިތުރުން ލ ކުނަހަންދޫ އާއި ތ ގާދިއްފުއްޓާއި ތ ދިޔަމިގިއްޔާއި، ތ އޮމަދޫ އާއި ތ ކިނބިދޫއަށް ވަނީ އުދަ އަރާފައެވެ.

ގދ ރަތަފަންދޫ އާއި ތ ގާދިއްފުއްޓަށް އާދަޔާއި ޚިލާފަށް ބޮޑަށް އުދަ އެރުމުގެ ސަބަބުން އެރަށްރަށުގެ ގޯތި ގެދޮރަށްވެސް ވަނީ ލޮނުވަދެ ގެއްލުންތައް ލިބިފައެވެ.

ކޮންމެ އަހަރެއްގެ ހުޅަނގު މޫސުމް ފެށޭއިރު ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އަރައެވެ. ފަހުގެ ތާރީޚެއްގައ ރާއްޖެއަށް އެންމެ ބޮޑަށް އުދައެރީ 2007 ވަނަ އަހަރުގައެވެ.

ރާއްޖޭގެ ރަށްތަކަށް އުދައަރާނެ ކަމަށް ލަފާކޮށް މީގެ ގަޑިއެއްހައި އިރު ކުރި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.