
ޓީސީން ފުރަތަމަ ހާފްގައި ދެގޯލް ޖެހި: ފޮޓޯ-އެފްއޭއެމް
ޓީސީ އަތުން ބަލިވުމުން، ޔޫވީއަށް ތިންވަނަ ގެއްލިއްޖެ
ހުކުރު 01 ޖުލައި 2022
| އައުޓްރީޗް
ދެވަނަ ބުރު ނިމުނުއިރު ތިންވަނާގައި އޮތް ޔުނައިޓެޑް ވިކްޓްރީ ތިންވަނަ ބުރުގެ ފުރަތަމަ މެޗުގައި ޓީސީ އަތުން ބަލިވެ، ތިންވަނަ މަޤާމް ގެއްލިއްޖެއެވެ.
Advertisement

ޔުނައިޓެޑް ވިކްޓްރީ ފަހަތަށް ޖައްސާލުމަށްފަހު، ތިންވަނަ މަޤާމަށް ޖެހިލީ ޓީސީއެވެ. އެއީ 3-0 ން ޔޫވީ ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކު ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ. މެޗުގައި ޓީސީގެ ފުރަތަމަ ގޯލް ޖަހާ ފުރަތަމަ ހާފްގައި ކުރި ހޯދައިދިނީ ޒަޔާން ނަސީރެވެ. ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ޖެހީ ހައިސަމް ރަޝީދެވެ.
މިމޮޅާއެކު ޓީސީއަށް ތިންވަނަ ލިބުނީ ޔޫވީއާ އެއް އަދަދަކަށް ޕޮއިންޓް ލިބުނު ނަމަވެސް ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ. ދެޓީމަށްވެސް 15 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ.
ލީގުގައި މިރޭ ވާދަކުރާނީ އީގަލްސްއާއި ދަ ގްރާންޑޭއެވެ.