އައްޑު އަތޮޅަށް އުދައަރައި ހަނކެޑެ ކޯޒުވޭ ހެދުމަށް އަޅާފައިވޭ ވެލިބެޑް ގިރާލާފައި ---

އުދަ އަރައިގެން ލިބުނު ގެއްލުންތައް ބަލަމުންދާކަމުގައި އެންޑީއެމްއޭއިން ބުނެފި

ހުކުރު 01 ޖުލައި 2022 | މޫސަ

މިއަދު މެންދުރު ފަހު ދެކުނުގެ އަތޮޅުތަކުގެ ރަށްރަށަށް އުދަ އަރައި ލިބުނު ގެއްލުންތައް ބަލަންފަށާފައިވާ ކަމުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

Advertisement


އެއޮތޯރިޓީން ބުނީ، އުދަ އަރައިގެން ގެއްލުންތައް ލިބެމުންދާކަމުގެ ރިޕޯޓްތައް އެއޮތޯރިޓީއަށް ލިބެމުންދާކަމަށެވެ.

މިއަދު މެންދުރުފަހު 2 ޖެހިއިރުން ފެށިގެން ދެކުނުގެ އަތޮޅުތަކުގެ ރަށްރަށަށް ދިޔައީ ވަރަށް ބޮޑަށް އުދައަރަމުންނެވެ، މިގޮތުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށާއި ހުވަދުއަތޮޅުގެ ރަށްތަކަށާއި ހައްދުއްމައްޗާއި ކޮޅުމަޑުލުގެ ބައެއް ރަށްރަށަށްވެސް ވަނީ ވަރަށް ބޮޑަށް އުދަ އަރާފައެވެ.

އުދަ އެރުމުގެ ސަބަބުން ގދ ރަތަފަންދޫ އާއި މަޑަވެއްޔަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މަޑަވެލިން މައުލޫމާތު ދީފައިވާ ގޮތުގައި އެރަށުގެ ބޮޑުބައެއް ވަނީ ލޮނު ގަނޑުގެ ތެރޭގައެވެ. އަދި 90 އިންސައްތަ ގޭގެއަށް ވަނީ ލޮނުވަދެފައެވެ. އަދި ބައެއް ގޭގޭގެ ހިފާގެންގުޅޭ ސާމާނު ހަލާކުވެ އާއްމު ދިރިއުޅުމަށްވެސް ވަނީ ދަތިވެފައެވެ.

މިއަދު އުދަ އެރިކަމަށް ރިޕޯޓްކޮށްފައިވާ ރަށްތައް:

ސ. ހިތަދޫ

ސ. ފޭދޫ

ސ. މަރަދޫ

ސ. ހުޅުމީދޫ

ގދ ރަތަފަންދޫ

ގދ މަޑަވެލި

ގދ ނަޑެއްލާ

ގދ ހޯޑެއްދޫ

ގދ ފިޔޯރީ

ލ ކުނަހަންދޫ

ތ މަޑިފުށި

ތ ދިޔަމިގިލި

ތ އޮމަދޫ

ތ ކިނބިދޫ

ރާއްޖެއަށް ކޮންމެ އަހަރެއްގެވެސް މިދުވަސް ވަރު އުދަ އަރައެވެ. އެހެން ނަމަވެސް މިއަދު ވަނީ އާދަޔާއި ޚިލާފަށް ބޮޑަށް އުދައަރައި އެތައް ސަތޭކަ ގެއަކަށް ގެއްލުންތައް ލިބިފައެވެ.






ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.